ads
މާލެ ޖަލު——
'ހަކުރު' ނުބޯށޭ ބުނުމުން މަންމަ މަރާލަން އިންޒާރު ދިން މީހާ ޖަލަށް
'ހަކުރު' ނުބޯށޭ މަންމަ ބުނުމުން، މަންމަ މަރާލާނެ ކަމަށް އިންޒާރު ދިން މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

ހަކުރު ނުބޯށޭ ބުނުމުން މަންމަ މަރާލާނެ ކަމަށް އިންޒާރު ދީފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިނގި ހާދިސާއެކެވެ. 

މި ހާދިސާގައި ދިވެހި ފިރިހެނަކު ގޭގައި ކާން އިންދައި، އޭނާގެ މަންމަ އޭނާ ކައިރީގައި ހަކުރު ނުބޯން ބުނުމުން، މަންމައާ ދިމާލަށް ހަޑި އެއްޗެހި ކިޔައި މަރާލާނެ ކަމުގެ އިންޒާރު ދިނެވެ.

މި މައްސަލައިގެ ޝަރީއަތުގައި އެ މީހާވަނީ މަންމައަށް އިންޒާރު ދިން ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެކަމަކު އެ ހާދިސާ ހިނގި ކަމަށް ބުނާ ދުވަހު އޭނާ ހުރީ މަސްތުވެފައި ކަމަށް އޭނާ ކޯޓުގައި އިއުތިރާފުވިއެވެ. 

މަންމައަށް އިންޒާރު ދިންކަމަށް އެ މީހާ އިންކާރު ކުރިނަމަވެސް މައްސަލަ ސާބިތުވީ އެކަމާ ގުޅިގެން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގެ މައްޗަށެވެ. މި މައްސަލައިގައި އެ މީހާގެ މަންމައާ، ދައްތަ އަދި ބޮޑުބޭބެ ކިޔާ މީހަކުވެސް ހެކި ބަސް ދިނެވެ. ފިރިހެން މީހާ އޭނާގެ ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންނަމަވެސް ލުއި އަދަބެއް ދިނުމަށް އޭނާ ޝަރީއަތުގައި އެދުނެވެ. 

މަންމައަށް އިންޒާރު ދިން މީހާ ލުއި އަދަބެއް ދޭން އެދުނު ނަމަވެސް މައްސަލަ ބެލި ގާޒީވަނީ ލުއި އަދަބެއް ނުދޭން ނިންމާފައެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދީނުގައިވެސް އަންގަފާފައިވާ ކަމެއް ކަން ބަޔާންކޮށް، ގާޒީ ނިންމީ، އެ ފިރިހެން މީހާ ދެ މަހާއި ތިން ދުވަހަށް ޖަލަށްލާށެވެ. މި ހުކުމްކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް