ads
ލަވަމުބާރާތުގެ ފަނޑިޔާރުން
ސްކޫލު ކުދިންގެ ލަވަ މުބާރާތް މިއަދު ފަށައިފި
ސްކޫލު ކުދިންގެ ލަވަމުބާރާތް އަށް އަަހަރުގެ މެދުކެނޑުމަކަށް ފަހު މިއަދު އަލުން ފަށައިފިއެވެ.

މިއަދު ފަށާ ލަވަ މުބާރާތުގައި 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު މިމުބާރާތް "ޔެސް" ޓީވީން ދައްކާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ލަވަކިޔުމުގެ ހުނަރު އާލާކޮށް، ލަވަކިޔުމުގެ ދާއިރާ އަށް ކުދިން އުފެއްދުމުގެ މަގްސަދުގައި 1988 ވަނަ އަހަރު ފެށި މި މުބާރާތް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ. 

މުބާރާތުގައި ކުދިން ހުށަހަޅައިދޭ ލަވަތައް ދައްކަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް "ޔެސް ޓީވީ" އިންނެވެ. 

މި އަހަރުގެ މުބާރާތް އިންތިޒާމްކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި ނެޝަނަލް ސެންޓަ ފޯ ދަ އާޓްސް އަދި ޕީއެސްއެމް ގުޅިގެންނެވެ. 

މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް