ads
ސާފު ކުރުމުގެ ހަރަކާތުގައި ނައިބްރައިސް ހަރަކާތްތެރި ވަނީ
ޕާލޭގެ ސާފުކުރުމުގެ ބޮޑު ހަރަކާތް ރާއްޖޭގައި
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވަމުން އަންނަ ގޮނޑުދޮށްތައް ސާފުކުރުމުގެ ބޮޑު ހަރަކާތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ ބަޔަކު ބައިވެރިވެއްޖެ އެވެ.
Advertisement

"މޯލްޑިވްސް ފޯ ދި އޯޝަންސް" އަކީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ އާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި މަޓީ ގުޅިގެން ކުރިއަށް ގެންދާ ސާފުކުރުމުގެ ބޮޑު ހަރަކާތެކެވެ. 

މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގެ އިތުރުން އާންމުންނާއި ސްކޫލުތަކުގެ ދަރިވަރުންނާއި އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުން އަދި ރިސޯޓުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. މިއަދު ހަވީރު 6:00 ޖަހަން ދެން މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.  

މި ހަރަކާތުގައި އެއްގަމާއި ކަނޑު ވެސް ސާފުކުރާ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ. އަދި ކަނޑާ ގުޅޭ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމާއި "އޯޝަން ޕްލެޖު" އިގުރާރުގައި ސޮއިކުރުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދެ އެވެ.

"އޯޝަން ޕްލެޖު" އިގުރާރުގައި ސޮއިކުރެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ދެއްވި އިންޓަވިއުގައި ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމުން ލިބޭ ނަފާ ކަމަށްވާއިރު، މުސްތަގުބަލަށްޓަކައި މި ނިއުމަތް ރައްކާތެރިކުރެވޭނީ ތިމާވެށި ހިމާޔަތްކުރުމަށް މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ޕާލޭ މޯލްޑިވްސް އަކީ ޕްލާސްޓިކް ކުނިީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކަށް ދިމާވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ 2015 އިން ފެށިގެން މިހާތަނަށް 2,109,310 ކިލޯގެ ޕްލާސްޓިކް ކުނި އެއްކޮށް ރިސައިކަލް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް