ads
ރައީސް ނަޝީދު ރޭޑިއޯ ހިތާބު ދެއްވަނީ
ރައީސް ނަޝީދު ވިދާޅުވެފައިވާ ލަވައަކުން ސަޕޯޓަރުން "ރޮއްވާލައިފި"
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަމަދު ނަޝީދު ވިދާޅުވެފައިވާ ދިވެހި ލަވައެއް ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ގިނަބަަޔަކަށް އެ ލަވަ ކަމުގޮސް ލަވައިގެ އަސަރުގަދަކަމުން "ރޮވިއްޖެ" ކަމަށް ބައެއް މީހުން ބުނެފިއެވެ.

މިގޮތުން ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް ދައުރުވަމުން އަންނަ ލަވައަކީ އުމަރު ޒާހިރު 1990 ގެ އަހަރުތަކުގެ ތެރޭގައި ނެރުނު "ހަންހާރަ" އަލްބަމަށް ކިޔާފައިވާ "ލޯބީގެ ހާދިސާ" މިލަވައެވެ. 

މި ލަވައަކީ ރައީސް ނަޝީދަށް މިވަގުތު ސިޔާސީ ގޮތުން ވެސް ދިމާވެފައިވާ ދަތިވަގުތާއި ގުޅުންހުރި ލަވައެކެވެ. އެގޮތުން އެ ލަވައިގައި ބުނަނީ "ތަގުދީރުގައި މިހެންވީ ހަމަޖެހިފައިވީމަތާ.... ހިތިހަަބަރު ލިބިފަ ވީމާ ހިތުގާ ޖެހޭނެތާ" މިފަދަ ވާހަކަތަކެކެވެ. 

"ރައީސް ނަޝީދުވީ ލަވަކިއުމުގެ ދާއިރާއިން ކުރިއަށް ވަޑައިގަންނަވަން. ސިޔާސީ ދާއިރާއަކުން ނޫން،" އެ ލަވަ ރީތިވެގެން ކޮމެންޓުކުރި އައްބަސް ކިޔާ މީހަކު ބުނެފައިވެއެވެ.

ބައެއް މީހުންވަނީ ރައީސް ނަޝީދުގެ އަޑާއި އުމަރު ޒާހިރުގެ އަޑާއި ވައްތަރުކަމަށް ވެސް ބުނެފައެވެ. 

ރައީސް ނަޝީދު ރައްޔުތުންގެ މަޖިލީހުގެ ރައީސްކަމުން ދުރުކުރުމަށް 55 މެންބަރުންގެ ސޮޔާއެކު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ގިނައީ ރައީސް ނަޝީދު ރައީސްކަން ކުރައްވާ އެމްޑީޕީގެ މެންބަރުންނެވެ. އެ މައްސަލައާއެކު ރައީސް ނަޝީދު ވަނީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ. 

ރައީސް ނަޝީދުގެ މި ލަވައާއި އެމަނިކުފާނަށް ސިސާސީ ގޮތުން މިވަގުތު އެމަނުކުފާނުގެ އަމިއްލަ ފުޅުޕާޓީން ލިބިވަޑައިގަންނަވުން އަންނަ "އަނިޔާ" އާއި ގުޅުން އޮތުމަކީ ވެސް އެކަށީގެންވާކަމެކެވެ. 

22%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް