ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ހެންވޭރު ގެއެއްގައި ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތްކޮށްފި
ހެންވޭރު ގެއެއްގައި ރަހީނުކޮށްފައި ތިބިބަޔަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުގޮސް ބާރުގެ ބޭނުންކޮށްގެން އެތަނަށް ވަދެ މީހުން ސަލާމްތްކޮށްފައިވާ ކަމަށެވެ.

ރަހީނުކޮށްގެން އެ ގޭގައި ގެންގުޅުނީ ދިވެހި ތިން ފިރިހެނުން ކަމަށާއު އެ މީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެވެ.

ފުލުހުން ބުނީ އެމީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކާއި 18 އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.

15%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް