ads
ދަރުމަވަންތަ ހޮސްޕިޓަލް--- ފޮޓޯ:ސީއެންއެމް
ރަހީނުކޮށްފައި ތިބި މީހުނަށް ސީރިއަސް އަނިޔާއެއް ނުލިބޭ، ފަރުވާއަށްފަހު ދޫކޮށްލައިފި
ހެންވޭރު ގެއެއްގައި ރަހީނުކޮށްފައި ތިބިބަޔަކު ފުލުހުން މިއަދު ސަލާމަތްކޮށްފައިވާއިރު އެމީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށާއި ފަރުވާއަށް ފަހު މިހާރު އެންމެންވެސް ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ހެންވޭރު އަބަދަށްއުފާމަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުގޮސް ބާރުގެ ބޭނުންކޮށްގެން އެތަނަށް ވަދެ މީހުން ސަލާމްތްކޮށްފައިވާ ކަމަށެވެ.

ރަހީނުކޮށްގެން އެ ގޭގައި ގެންގުޅުނީ ދިވެހި ތިން ފިރިހެނުން ކަމަށާއު އެ މީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ. ތިން މީހުންވެސް މިހާރުވަނީ ގެއަށް ދޫކޮށްލާފައެވެ.

ފުލުހުން ބުނީ އެމީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކާއި 18 އަހަރު ނުވާ ކުޑަ ފިރިހެން ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މިމައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް