ads
ނޭޕާލާއި ބަނގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން
ފައިވް ނޭޝަންސް ކަޕް: ނޭޕާލް މޮޅުވުމުން، ރާއްޖެ ކަޓައިފި
މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ބަނގްލަދޭޝް އަތުން ނޭޕާލް މޮޅުވެއްޖެއެވެ.

މި މެޗަށް ނުކުތް އިރު ބަނގްލަދޭޝްއިން ވަނީ މުބާރާތުގައި މީގެ ކުރިން ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ނޭޕާލުން ވަނީ ބަނގްލަދޭޝްގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. ނޭޕާލުން މި މެޗުގައި 90 ޕޮއިންޓު ހޯދިއިރު، ބަނގްލަދޭޝްއަށް ސްކޯ ކުރެވުނީ 61 ޕޮއިންޓެވެ. 

މި މެޗުން މޮޅުވުމާއެކު ނޭޕާލް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފައެވެ. އަނެއްކޮޅުން ފަސް ގައުމު ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ނުލިބި ރާއްޖެއިން ވަނީ މުބާރާތް ނިންމާލަން ޖެހިފައެވެ. 

މީގެ ކުރިން ކުޅުނު ތިން މެޗުންވެސް ބަލިވުމުން، ރާއްޖެއަށް ސެމީގެ ޖާގަ ލިބެން އޮތީ ބަނގްލަދޭޝް އަތުން ނޭޕާލު ބަލިވެފައި، ރާއްޖެއިން ނޭޕާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ނަމަވެސް ބަނގްލަދޭޝްގެ މައްޗަށް ނޭޕާލް ކުރި ހޯދުމުން ރާއްޖެއަށް ވަނީ ސެމީގެ ފުރުސަތު މުޅިން ބަންދުވެފައެެވެ. 

މި މުބާރާތާއި ކުރިމަތިލިއިރު، ރާއްޖޭގެ އަމާޒަކީ މިފަހަރުގެ މުބާރާތުގެ ތަށި ކާމިޔާބު ކުރުމެވެ. މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް