ads
ޕާޓީ ރަޖިސްޓްރީ ވިޔަ ނުދޭން އީސީގެ ދެ މެންބަރަކު އެބް މަސައްކަތް ކުރައްވާ: ދަ ޑިމޮކްރެޓްސް
ޕާޓީ ރަޖިސްޓްރީ ވިޔަ ނުދޭން އީސީގެ ދެ މެންބަރަކު އެބް މަސައްކަތް ކުރައްވާ: ދަ ޑިމޮކްރެޓްސް
ދަ ޑެމޮކްރެޓްސް އުފެއްދުމުގެ މަސައްކަތަށް އިލެކްޝަންސް ކޮމިޝަނުގެ ދެވމެންބަރުން ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށާއި، އެހެންނަމަވެސް ޕާޓީއުފެއްދުމަށް ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުލިބެނީސް އެ ކޮމިޝަނުން ނުދާނެ ކަމަށް ޕާޓީގެ އެއް މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
Advertisement

އިލެކްޝަންސް ކޮމިޝަނުގެ އެއް މެންބަރަކު ހުންނެވީ ހައްޖުގެ އަޅުކަން އަދާ ކުރައްވަން މައްކާ ގައެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންނާ ބައްދަލު ކުރެއްވުމުގައި، ހަސަން ވިދާޅުވީ ދެންތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން ރައީސާއި ނައިބުރައީސް ބައްދަލުވުން ބާއްވަން މަސައްކަތް ކުރެއްވި ނަމަވެސް ދެން ތިއްބެވި ދެ ބޭފުޅުންގެ އެއްބާރުލުން ލިބޭ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި އެމެމްބަރުން ގެނެވެން އޮތް ގޮތަކަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށާއި، ފޯނުވެސް ކުރައްވަމުން ގެންދާ ކަމަށް ހަސަން ވިދާޅުވިއެވެ. 

މިހާރުން މިހާރަށްވެސް ކުރެވެން އޮތް ކަމެއް މިކަމަކީ ހަގީގަތުގަ. އެކަމަކު ލަސްކުރަމުންދާ ތަން އަޅުގަނޑުމެންނަށް މިފެންނަނީ. އެގޮތުން ނޫނިއްޔާ އަނެއްގޮތެއް ހޯދައިގެން ވެސް މި ޕާޓީ ރަޖިސްޓްރީ ވިޔަ ނުދޭން އިލެކްޝަންސްގެ ދެ މެންބަރަކު މަސައްކަތް ކުރައްވާ ކަމަށް އަޅުގަނޑުމެނަށް ފާހަގަ ކުރެވޭ- ހަސަން ލަތީފް

ހަސަން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހަށް ހުއްދަ ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެހެންނަމަވެސް އެދުވަހަށް ނުވެއްޖެނަމަ މިއަދު ހުއްދަ ދެއްވާނެ ކަމަށް އީސީން ބުނިކަމަށެވެ.

ހަސްނަ ވިދާޅުވީ 3000 ސައްހަ ފޯމް އޮތްކަމަށް އީސީގެ ރައީސް ވިދާޅުވެފައިވާކަމަށާއި، އެހެންޏާ އަމަލްު ކުރާ ގޮތަކީ 3000 ސައްހަ ފޯމް އޮތްކަމަށްވަންޏާ ހުއްދަ ދިނުން ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ހަސަން ވިދާޅުވީ އެ ކޮމިޝަނުގެ ބައެއް މެންބަރުން ކުރިން ފޯމްތައް ޗެކް ނުކުރާ ގޮތަކަށް މިފަހަރު ޗެކް ކުރަން ބޭނުން ވެގެން އުޅުއްވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސް ގެ 3560 ފޯމް އީސީއަށް ހުށަހެޅީ މި ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް