ads
އެވިޑް ކޮލެޖް-- ފޮޓޯ: މޯލްޑިވްސް އިންޑެޕެންޑެންޓް
ކޮރޯނާއާ ގުޅިގެން އެވިޑު ކޮލެޖުން އޮންލައިންކޮށް ކިޔަވައިދިނުމަށް ތައްޔާރު ވެއްޖެ
ކޮރޯނާ ވައިރަހާ ގުޅިގެން ކުލާސްތައް ކެންސަން ކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އޮންލައިންކޮށް ކިޔަވައިދޭން ތައްޔާރަށް އޮތް ކަމަށް އެވިޑު ކޮލެޖުން ބުނެފިއެވެ.

އެވިޑު ކޮލެޖުން ބުނީ ކޮރޯނާ އާއި ގުޅިގެން ގައުމުގެ މިހާރުގެ ހާލަތަށްވުރެ ނުރައްކާތެރި ހާލަތަކަށް ބަދަލުވެ، ކްލާސްތައް ކެންސަލް ކުރަންޖެހިއްޖެނަމަ ދަރިވަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އޮންލައިން ކޮށް ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައްވެފައިވާ ކަމަށެވެ.

"ކޮލެޖްގެ ކްލާސްތަކަށް ދަރިވަރުންނާއި ލެކްޗަރާއިން ހާޒިރުވެގެން އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަން ކުރުމުގެ ބަދަލުގައި އޮންލައިންކޮށް އެކަންކަން ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވަނީ ވެފައި" އެވިޑް ކޮލެޖުން ބުނެ އެވެ.

އެގޮތުން ދަރިވަރުންނާއި ލެކްޗަރާއިންނަށް ބޭނުންވާ ފަންނީ ތަމްރީންތައް ދިނުމުގެ ސެޝަންތަކެއްވަނީ މިހަފްތާތެރޭގައި އެވިޑް ކޮލެޖްގައި ބާއްވާފައިވާ ކަމަށް އެކޮލެޖުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެވިޑް ކޮލެޖްގެ މުވައްޒަފުން ކޮލެޖަށް ނުގޮސް މުވައްޒަފުންގެގޭގައި ތިބެގެން ވަޒީފާގައި ކުރަންޖެހޭ މަސައްކަތްކުރުމަށް ބޭނުންވާ އިންތިޒާމްވެސްވަނީ ހަމަޖައްސާފައިކަމަށް އެވިޑުން މައުލޫމާތުދެ އެވެ.

އެވިޑް ކޮލެޖުންވަނީ މުޅިން އާކޯސްތަކަކާއެކު މިއަހަރުގެ މެއި އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.

އެވިޑު ކޮލެޖުގައި ގާތްގަނޑަކަށް 2000 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް