ads
އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން
އީސީއަށް ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިއްޖެ: ޓްރާންސްޕޭރެންސީ
ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އިލެކްޝްންސް ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ވަރަށް ބޮޑަށް ކުޑަ ވެފައިވާކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ދިރާސާއިން ދައްކައިފިއެވެ.

އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓްގެ ފޯމްތަކާއި، ޓްރާންސްޕޭރެންސީ މޯލްޑިވެސްގެ ފަހުގެ ސާވޭތަކުން ދައްކާގޮތުން 2013 ވަނައަހަރު މީހުން ކުރާ އިތުބާރު 74 އިންސައްތައިގައި ހުރިނަމަވެސް، ނިމުނު އަހަރު އެއަދަދު ވަނީ 43 އިންސައްތައަށް ތިރިވެފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރައްޔިތުންގެ އަސާސީ ހައްގުތަކާއި، ސިޔާސީ މަސްރަހު އަދި ރައްޔިތުންގެ ހިޔާލުތައް ހުރި ގޮތް ބެލުމަށްޓަކައި އެ ޖަމިއްޔާއިން ވަނީ ޕްރީ-އިލެކްޝަންސް އެސެސްމަންޓްތަކެއް ހިންގާފައެވެ.

ދިރާސާއިން ދައްކާ ގޮތުން އެ ކޮމިޝަނާ މެދު އިތުބާރު ކުޑަވާ އެއްސަބަބަކީ އެ ކޮމިޝަނުގެ މެންބަރުންގެ ސުލޫކީ މިންގަނޑު ސާފު ނުވުމުމެވެ. އަދި ރައްޔިތުންގެ މަޖިލީހުހުގެ އަގްލަބިއްޔަތުން އީސީގެ މެންމަރުން ވަކި ކުރެވޭ ގޮތަށް އޮތުމަކީ ވެސް އެއް ސަބަބެވެ. 

އަދި މިހާރު މަޖިލީހުގެ މެޖޯރިޓީ، ވެރިކަން ކުރާ ޕާޓީއަށް އޮތުމުން އެއީ ސިޔާސީ ނުފޫޒު ފޯރުވޭނެ ކަމެއްކަން ވެސް ޓްރާންސްޕޭރެންސީގެ ދިރާސާގައި ބުނެއެވެ.

ދާދިފަހުން ސީއެންއެމްއިން ސިޔާސީ ޕާޓީތަކާ ވާހަކަ ދެއްކުމުން ބައެއް ޕާޓީތަކުން ބުނެފައިވަނީ އެކޮމިޝަނަށް އިތުބާރު ގެއްލޭ ކަންކަން އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ފެންނަމުންދާ ކަމަށެވެ.

ޓްރާންސް ޕޭރެންސީގެ މި ސާވޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، މީޑިއާތަކާއި، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ބައެއް މަންދޫބުންގެ ފަރާތުން ވަނީ މައުލޫމާތު ހޯދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް