ads
ބާގީ އަބްދުﷲ ލުތުފީ
ނޮވެމްބަރު 3 ގެ ބާގީ ލުތުފީ މިނިވަންވުމާއި ގާތަށް
ނޮވެމްބަރު 3، 1988ގައި އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން ހަމަލާގެ މޭސްތިރިޔާ، ހ ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްޗަށް އިއްވި 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވުމާއި ގާތަށް ހިނގައްޖެ އެވެ.

މިމައްސަލާގައި އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް 2010 ވަނަ އަހަރު ބޭސްފަރުވާއަކަށް ދިޔަގޮތަށް ފިލައިގެން ސްރީލަންކާގައި އުޅެނިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނައީ 2019 ވަނަ އަހަރު އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމްކަމަށް ގާނޫނުގައި ބުނަނީ 25 އަހަރުގެ ހުކުމެވެ.

ނޮވެމްބަރު ތިނެއްގެ މައްސަލާގައި ލުތުފީގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކޮށް މިހާރު ނިމިފައިވާއިރު އޭނާ މިހާރު ޖަލުގައި ހުރީ ފިލައިގެން އުޅުނު މައްސަލާގައި އިއްވި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށެވެ. އެ ހުކުމް ނިމުމުން އޭނާ ޖަލުން މިނިވަން ވާނެއެވެ.

19 ދިވެއްސަކު ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ ހަމަލާއާއި ގުޅިގެން ހުކުމްތައް ކުރެވުނު އެންމެންވެސް މިހާރު އެމައްސަލާގެ ހުކުމްތައް ތަންފީޒުކޮށްވަނީ ނިމިފައެވެ. މިވަގުތު ޖަލުގައި ހުރީ އަބްދުﷲ ލުތުފީ އެކަންޏެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް