ads
ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމު
ފައިވް ނޭޝަންސް ކަޕް: ނޭޕާލް އަތުންވެސް ރާއްޖެ ބަލިވެއްޖެ
މާލޭގައި މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ނޭޕާލާއި ބައްދަލުކުރި މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

މިރޭ ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗަށް ނުކުތް އިރުވެސް ރާއްޖެއަށް ވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ. އެއީ ނޭޕާލުން އިއްޔެ ބަނގްލަދޭޝާއި ބައްދަލުކުރި މެޗު ކާމިޔާބު ކުރުމުންނެވެ. 

ނޭޕާލާއި ރާއްޖެ ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބުކުރީ 68-75 ންނެވެ. މި މެޗުން ބަލިވުމާއެކު ރާއްޖެއިން މުބާރާތް ނިންމާލަން ޖެހުނީ އެއްވެސް މެޗަކުން މޮޅެއް ނުލިބިއެވެ. 

މި މުބާރާތުގައި ބައިވެރިވީ ފަސް ޓީމެވެ. ރާއްޖެއާއި ނޭޕާލުގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ބަނގްލަދޭޝް، ޕާކިސްތާން އަދި ބޫޓާނެވެ. މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ ލީގު ބުރުގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށެވެ. 

މި މުބާރާތާއި ކުރިމަތިލިއިރު، ރާއްޖޭގެ އަމާޒަކީ މިފަހަރުގެ މުބާރާތުގެ ތަށި ކާމިޔާބު ކުރުމެވެ. މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް