ޑީއެމްއެމްއޭ އެކްސްޕްރެސް ނަމަކަށް ކިޔާ މި ބޯޓު ނެރު މައްޗަށް އެރީ، ކުޅުދުއްފުށިން ފެން ބަރު ކޮށްގެން ހއ. ކެލައަށް ދަތުރު ފަށަން އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެނގިފައިވާ ގޮތުގައި ބޯޓު ނެރުމައްޗަށް އެރީ ނެރުން ނުކުންނަނިކޮށް އިންޖީނު ހުއްޓިގެންނެވެ.
ބޯޓު ފަރަށް އަރާފައި އޮތީ ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށެވެ.