ads
ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ކާރިސާތަކާ ގުޅިގެން ފަތުރުވެރިންނަށް އެހީތެރިވެދިނުމާ ބެހޭ ޔޫއެންޑަބްލިއުޓީއޯގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ
ކާރިސާތަކުގައި ފަތުރުވެރިންނަށް އެހީވާން ޔޫއެންޑަބްލިއުޓީއޯގެ އެއްބަސްވުމުގައި ސޮއިކޮށްފި
ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ކާރިސާތަކާ ގުޅިގެން ފަތުރުވެރިންނަށް އެހީތެރިވެދިނުމާ ބެހޭ ޔޫއެންޑަބްލިއުޓީއޯގެ އެއްބަސްވުމުގައި ރާއްޖޭން ސޮއިކޮށްފިއެވެ.
Advertisement

"އިންޓަނޭޝަނަލް ކޯޑް ފޮ ދި ޕްރޮޓެކްޝަން އޮފް ޓޫރިސްޓް" ގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު ﷲ މައުސޫމެވެ. މި އެއްބަސްވުމުގައި މިނިސްޓަރު ސޮއިކުރައްވާފައި ވަނީ ޔޫއެންޑަބްލިއުޓީއޯގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކެމްބޯޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ޔޫއެންޑަބްލިއުޓީއޯގެ އެއްބަސްވުމާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ މި އެއްބަސްވުމަކީ ދިމާވާ އެކި ކާރިސާތަކުގައި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސުނާމީ ކާރިސާ އާއި ކޯވިޑް-19 އާ ގުޅިގެން ރާއްޖޭން ފަތުރުވެރިންނާ މެދު އަމަލުކޮށްފައިވާ ގޮތާ މެދު މުޅި ދުނިޔޭގެ ތައުރީފު ރާއްޖެއަށް ލިބުނު ކަމުގައެވެ.

your imageފަތުރުވެރިންނަށް އެހީތެރިވެދިނުމާ ބެހޭ ޔޫއެންޑަބްލިއުޓީއޯގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ

މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކަމެއް ދިމާވެއްޖެ ނަމަ އެއް ގައުމުން އަނެއް ގައުމާ އެކު ފަތުރުވެރިންނަށް ދަތިނުވާނެ ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކަށް ދަތުރު ކުރާއިރު ފަތުރުވެރިންނަށް އެ ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

އެކި ގައުމުތަކުގެ ތަޖުރިބާތަކާ އެކު ކުރިއަށް އޮތް އަހަރުތަކުގައި ޔޫއެންޑަބްލިއުޓީއޯއިން ބޭނުން ވަނީ އެއްބަސްވުން ފައިނަލައިޒްކުރަން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވެފައިވަނީ ފައިނަލްވެގެންދާއިރު މުޅި ދުނިޔޭގައި ފަތުރުވެރިންނަށް ގަބޫލު ކުރެވޭ އިންޓަނޭޝަނަލް ކޯޑް އޮފް ޕްރޮޓެކްޝަނެއް އޮންނާނެ ކަމަށެވެ. ބައިނަލްއަގުވާމީ ނެޓްވޯކަކުން ގުޅާލެވިފައިވާ ސިސްޓަމެއްގެ ތެރެއިން ދަތުރުފަތުރުގެ ކަންކަން ރޭވޭކަން އެނގުމުން އެއްބަސްވުމުގައި ބައިވެރިވެފައިވާ ގައުމުތަކަށް ދިއުމަށް ފަތުރުވެެރިން ހިތްހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ އިތުރުން ކެމްބޯޑިއާ އާއި އިންޑޮނޭޝިއާއިން ވަނީ ސޮއިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް