ads
ޖުޑިޝަރީގެ އިވެންޓެއްގައި ޖުޑިޝަރީގެ މުވައްޒަފުންތަކެއް
ޝަރުއީ ދާއިރާއަށް ސިޔާސީ ކަންކަން އަދިވެސް މަނާ: ޑީޖޭއޭ
އާ ކޯޑް އޮފް ކޮންޑަކްޓާއެކުވެސް، ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅުމުގެ ހުއްދަ އެއް ނޯންނާނެ ކަމަށް ޑީޖޭއޭއިން ބުނެފިއެވެ.

އާ ކޯޑް އޮފް ކޮންޑަކްޓާއެކުވެސް، ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅުމުގެ ހުއްދަ އެއް ނޯންނާނެ ކަމަށް ޑީޖޭއޭއިން ބުނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް އެކުލަވަލާލުމަށް، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ބާބެއް އުވާލުމާ ގުޅިގެން މީޑިއާތަކުން ރިޕޯޓްކުރި ކުރުން އޮޅުން ފިލުވައި ދިނުމުގެ ގޮތުންނެވެ. ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ބައެއް ބާތިލުކުރުމަށް ފަހު، އާ "ކޯޑް އޮފް ކޮންޑަކްޓް" އާންމުކުރީ މިދިޔަ ހަފްތާގައެވެ.

އާ ކޯޑް އޮފް ކޮންޑަކްޓާއެކު ސިޔާސީ ބައެއް ކަންކަމުގައި އުޅުމުގެ ހުއްދަ ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ލިބިގެންދާއިރު، ޝަރުއީ ދާއިރާގައި 2011 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ މުވައްޒަފުންގެ ގަވާއިދުގައިވެސް އެ މިންވަރަށް ސިޔާސީ ހަރަކާތްތަކުގައި އުޅުން ކުރިންވެސް ހުއްދައެވެ. އެއީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ސިޔާސީ ޕާޓީތަކުގެ އިންތިހާބުތަކުގައި ވޯޓުލުންފަދަ ކަންކަމެވެ.

އެހެންނަމަވެސް ކުރިންވެސް ގޮތުން ސިޔާސީ ޕާޓީއެއް ނުވަތަ ކެންޑިޑޭޓެއްގެ ކާމިޔާބީ އާއި ކުރިއެރުމާއި އަދި އެފަދަ މީހެއްގެ ކުރިއެރުމަށް ހުރަސް އަޅާ ހުރިހާ ކަމަކުން ޝަރުއީ ދާއިރާގެ މުވައްޒަފުން އެއްކިބާ ވާން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި ވަޒީފާއެއް އަދާ ކުރުމާއި ޕާޓީއެއްގެ ގުނަވަނެއްގެ މެންބަރަކަށް ވުމާއި ޕާޓީތަކުން ތައްޔާރުކުރާ ޕެޓިޝަންތަކުގައި ސޮއި ކުރުން ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިހާތަނަށްވެސް މަނަލެވެ.

އާ ކޯޑް އޮފް ކޮންޑަކްޓްގައި "ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން" މި ނަމުގައި މާއްދާއެއްވެއެވެ. އޭގައިވަނީ ޝަރުއީ ދާއިރާގެ އިތުބާރަށް އުނިކަން އަތުވެދާނެ ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ވެސް ހިމެނޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް