ads
އާބަންކޯ ފޯ ބިޒްނަސް - ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭއެއް
"އާބަންކޯ ފޯ ބިޒްނަސް" ގެ ނަމުގައި އާބަންކޯއިން ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭއެއް ބޭއްވުމަށް ނިންމައިފިއެވެ.

އާބަންކޯއިން ބުނީ މި އޯޕަންޑޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކޯޕަރޭޝަނުގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމާއި އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާ އެކު ހުރި ފުރުސަތުތަކަށް ކުރިމަތިލުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ. 

އެގޮތުން، މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތް ގާއިމުކުރުމަށް ހުރި ފުރުސަތުތަކާއި ތިލަފުށި ދެވަނަ ފިޔަވަހިން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަކަމެއް އިސްކަމެއްދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. 

އާބަންކޯއިން ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔައިދިނުމާއި ޕޯޓަލް ބޭނުންކޮށްގެން އެ ޕްރޮޖެކްޓްތަކާއި ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ.

އެ ކޯޕަރޭޝަންގެ އަމާޒަކީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ، ވިހާވެސް ގާތުން މަސައްކަތް ކުރުން ކަމަށް އާބަންކޯއިން ބުނެއެވެ. 

އާބަންކޯއިން ބުނި ގޮތުގައި "އާބަންކޯ ފޯ ބިޒްނަސް" ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެ ކޯޕަރޭޝަނުގެ އެގްޒިބިޝަން ސެންޓަރުގައި ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް