ads
ނައިބު ރައީސް ފައިސަލް ހަފްލާގައި
ކުނިން ކަރަންޓް އުފައްދާ، ކުނި މެނޭޖް ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ނައިބް ރައީސް
ކުނި މެނޭޖުކުރުމަށް ލޯންޗުކުރި ޕްރޮޖެކްޓުން ކުނިން ކަރަންޓު އުފައްދައި، ފިއުލްގެ ހަރަދު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތެއް ކުނި މެނޭޖުކުރުމުގައި ހޯދޭނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ވިލާ ކޮލެޖުގައި އޮތް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަންސް (އައިސީއެސްއާރުއައި) ކޮންފަރެންސް ނިންމާލުމުގެ ގޮތުން ދެއްވި ކީ ނޯޓު ސްޕީޗުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ފައިސަލް ވިދާޅުވީ ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ވެސް ގެންގުޅެނީ ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ އުސޫލުތަކެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ހަމަހަމަކަން ގާއިމުކުރުމަށް ޖެންޑާ އީކުއާލިޓީގެ އެކްޝަން ޕްލޭނެއް އެކުލަވާލުމާއި ހިލޭ ޑިގްރީއަށް ފުރުސަތު ހުޅުވާލައި، ފަސޭހައިން ތައުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނޭކަން ފާހަގަކުރެއްވި އެވެ. 

ވިލާކޮލެޖުގައި ފެށި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސްޕީކަރުން ބައިވެރިވި އެވެ. 

އެ ކޮންފަރެންސްގައި ތިމާވެށީގެ މައްސަލަތަކާއި ތައުލީމާއި އަދި ސިއްހީ ދާއިރާއިން ހުރި މައްސަލަތަކަށް ރިސާޗު ޕޭޕަރު ހުށަހަޅައި އެ ދާއިރާތަކުގެ މައުޟޫތަކަށް ވަނީ މަޝްވަރާކޮށްފަ އެވެ.

މިއީ ވިލާ ކޮލެޖުން ބާއްވާ އައިސީއެސްއާރުއައި ކޮންފަރެންސްގެ ހަތް ވަނަ އެޑިޝަނެވެ. މިއީ އެ ކޮލެޖު އިލްމީ ދިރާސާތައް ކުރާ މަރުކަޒަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފެށި ކޮންފަރެންސެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް