ads
އީޔޫއާއި އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އީޔޫއާއި އެކު 15 ގައުމަކުން ރިޔާސީ އިންތިހާބު އޮބްޒާވްކުރާނެ
ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ޔޫރަޕިއަން ޔޫނިއަން ( އީޔޫ ) އާއި އެކު އިލެކްޝަން ކޮމިޝަނުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ. 

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އީޔޫގެ އިތުރުން 15 ގައުމަކަށް ވެސް ދައުވަތު ދީފަ އެވެ. 

އިލެކްޝަންސް ކޮމިޝަނުން ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިންނަށް ވެސް ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފަ އެވެ.

އެގޮތުން މިއަހަރު އަށް ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓޭނީ އެ ފޮށްޓަކަށް ވޯޓުލުމަށް 150 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވާނަމަ ކަމަށް ކޮމިޝަނުން ބުނެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،672 ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް