ads
ނަޝީދު އަދި މަވޯޓާ ޝަރީފް
ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީއާއި ހިލާފުވެފަ: މަވޯޓާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީ އާއި ހިލާފުވެވާޑައިގެންފައިވާކަމަށް މަރަދޫ ދާއިރަގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މިގޮތުން މިއަދު މަޖިލީހަށް މަރަދޫ ދާއިރާގެ މެންބަރު އިބްރަހިމް ޝަރީފް މަވޯޓާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ރައީސްކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވީނަމަވެސް، ރައީސް ނަޝީދު އެގޮތައް އަމަލުކުރަންވަން އިންކާރު ކުރައްވާފައިވާކަމަށެވެ. 

އީވާގެ މައްސަލަ އެޖެންޑާކުރެވުނު ނަމަވެސް، މަޖިލީހުގެ ރިޔާސަތުގައި ނިއިންނަވައި މަޖިލީހުގެ ކުޑަ ދޮށުގައި އިންނެވުމާއި، މަޖިލީހުގެ އެހެން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަކީ މުޅި މަޖިލީހުގެ އިމްތިއާޒަށް ބުރޫއަރާ ކަމެއް ކަމަށް މަވޯޓާ ވިދާޅުވިއެވެ. 

"އެ މަނިކުފާނު ވަނީ މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީއާއި ހިލާފަށް ވެސް އަމަލުކުރައްވާފަ،" މައްސަލަ ހުށަހަޅަމުން މަވޯޓާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރައިވަޑައިގަތް މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް މަޖިލީހުން މިއަދު ވަނީ ނިންމާފައެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސްކުރަން ފާސްކުރީ މަޖިލީހަށް ވަޑައިގެން ތިއްބެވި، 44 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓާއެކުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް