ads
ގާޒީ ރަފީއުއްދީން
އެއްމަސް ދުވަހުން ނިންމޭ މައްސަލައެއް ފަސް މަހަށް ލަސްކޮށްފައިވާތީ ގާޒީއަކަށް ނަސޭހަތްދެނީ
މަހެއްހާ ދުވަހުގެ ތެރޭ ނިންމޭނެ ފުރުސަތު އޮތް މައްސަލައެއް 5 މަސްދުވަހަށް ފަސްކޮށްފައިވާތީ އިހުމާލު ވީކަމަށް ނިންމައި ، ނަސޭހަތްދޭން ނިންމައިފިއެވެ.

ޖޭއެސްސީން މިފިޔަވަޅު އަޅަން ނިންމާފައިވަނީ ސ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ރަފީއުއްދީން އަހްމަދަށެވެ.

ޖޭއެސްސީގެ ނިންމުމުގައި ބުނެފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގަޒިއްޔާއެއްގެ ޝަރީޢަތް ފެށިގެން ގޮސް، ދެފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން ގަޒިއްޔާގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމުނީކަމާއި، ހުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޙުކުމް ކުރުމުގެ މަޖިލިސް ބާއްވާފައިނުވާކަމަށެވެ.

 ހުކުމް ކޮށްފައިވަނީ ގަޒިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނައި 107 ދުވަސް އަދި ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންކަން ތަޙުޤީޤަށް ހޯދުނު ލިޔެކިޔުންތަކުންނާއި މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ބަހުން އެނގެން އޮންނަކަމަށް ޖޭއެސްސީން ފާހަގަ ކޮށްފައިވއެވެ.

އެހެންވެ، އެ ގަޒިއްޔާގެ ޙުކުމް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ)ގައި ބުނާ މުއްދަތުގެ ތެރޭގައި ކޮށްފައި ނުވަނީ މެޖިސްޓްރޭޓަށް ރަފީއްދީން އަޙުމަދަށް ޙުކުމް ކުރުމަށް އެކަށީގެންވާ ވަގުތު ލިބި، މެޖިސްޓްރޭޓްގެ އިހުމާލެއް އޮވެގެން ކަމަށް ތަޙުޤީޤަށް ސާބިތުވާކަމަށްވެސް އެނިންމުމުގައިވެއެވެ.

ގާޒީ ރަފީޢުއްދީން އަޙްމަދުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގެ 142 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ  ނަންބަރާއި، 6.2 ވަނަ ނަންބަރާއި، ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނަސޭޙަތްދިނުމަށް ފެންނަކަމަށް 2023 މޭ 24 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ 35 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް