ads
ރައީސް
ކެންޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ނުހުއްޓޭ: ޓްރާންސްޕޭރެންސީ
އިންތިހާބްތަކާއި ދިމާކޮށް އެއިރެއްގައި އޮންނަ ސަރުކާރަކުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އަދިވެސް ނުހުއްޓޭކަމަށާއި އިންތިހާބީ ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަމަށް ފުރިހަމައަށް ފަރުވާއެއް ނުލިބޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއި ނެރުނު ޕްރީ-އިލެކްޝަންއެސަސްމަންޓް ރިޕޯޓްގައި ވާގޮތުން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއ،ި ދައުލަތް ހިއްސާވާ ކުންފުނިތައް ބޭނުންކޮށްގެން ސިސްޓަމިކް ލެވެލްއެއްގައި ސިޔާސީ ނާޖާއިޒު ފައިދާ އާއި ނުފޫޒު ފޯރުވުމެގެ މައްސަލަ އަދިވެސް ފާހަގަ ކުރެވެއެވެ.

އެގޮތުން އެއިރެއްގައި އޮންނަ ސަރުކާރަކުން އިންތިހާބުތަކާއި ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާ މައްސަލައާއި އިންތިހާބާ ދިމާކޮށް ސަރުކާރުގެ މަޝްރޫއުތައް އިއުލާނުކުރުމާއި، އަމަލީ މަސައްކަތް ފެށުމާއި އަދި އެފަދަ ޕްރޮޖެކްޓުތައް އިފްތިތާހުކުރުމަށް ރަސްމިއްޔާތުތައް ބޭއްވުން ކަހަލަ ކަންކަން ފާހަގަކުރެވޭ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

މިދިޔަ ދޮޅު އަހަރުގެ ތެރޭގައި އެކަނިވެސް ކުންފުނިތަކުން 15000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަމަށް ރިޕޯޓްގައި ބުނެފައި ވެެއެވެ.

ޓްރާންސްޕޭރެންސީން ބުނީ އޭގެ ސަބަބުން ވޯޓުލާ ފަރާތްތަކަށް ނާޖާއިޒު ނުފޫޒު ފޯރުވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އިންތިހާބާ ގުޅުވައިގެން ދައުލަތުގެ ކުންފުނިތަށްވނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ ވަރަށް ބޮޑުކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް