ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ "އިންތިހާބު ތަކާ ބެހޭ ބިލަށް" ބަހުސްކުރައްވަމުން ބޮންޑޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަން ބޭނުންވި ނަމަވެސް، ސަރުކާރުން މަޖިލީހަށް ހުރަސް އަޅަމުން އަންނަކަމަށެވެ.
ބޮންޑޭ މިހެން ވިދާޅުވިއިރު، ރޭ އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާއަކުން ވަނީ އެކަށީގެންވާ މެންބަރުންގެ ވޯޓު ނުލިބުމުގެ ސަބަބުން 'ދި ޑިމޮކްރޭޓްސް' ޕާޓީ އުފައްދަން ހުއްދަ ދެވެން ނެތްކަމަށް ނިންމާފައެވެ.
އެ މައްސަލައިގައި އެ ޕާޓީގެ އިސްވެރިން މިއަދު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރަން ވެސް ވަނީ ގޮސްފައެވެ.
ތިން ހާސް ފަސް ސަތޭކަ މެންބަރުންގެ ސޮޔާއެކު 'ދަ ޑިމޮކްރޭޓްސް' އުފައްދަން ހުށަހެޅީ މިމަހު އެއް ވަނަ ދުވަހުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;