ads
ރައީސް ނަޝީދު ދިރިއުޅުއްވާ މުރައިދޫގެ. -- ފޮޓޯ: ދައުރު
ނޯޓިސްގެ މުއްދަތު ހަމަވުމުން މުރައިދޫގެއިން ނިކުންނާނަން: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވުމުން މުރައިދޫގެއިން ނިކުންނަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުރައިދޫގޭގައި ހުރުމަކީ އެއްގޮތަކަށްވެސް ކުރާ ހިތްވާ ކަމެއް ނޫން ކަމަށެވެ. 

ރައީސް ނަޝީދު މިވާހަކަތައް ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަގައި އިންނަވަން އެމަނިކުފާނު އުޒުރުވެރިވާއިރު މަޖިލީހުގެ ރައީސް ކަމުގައި ހުންނާތީ ލިބޭ އިނާޔަތްތައް ބޭނުން ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ. 

"ހަމަ ކުޑަކޮށްވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން. ތިބޭފުޅުންނަށް އަދި ފަހަރެއްގައި އެ ގެ ފެނިވަޑައިގެންފައި ނެތުނީމާ އެ ގެ ހުންނަ ގޮތާ އަނދިރިކަމާ ހުރިހާ ދިމާލަކުން ލައްޕާފައި ހުރި މިންވަރާ {ނޭނގިދާނެ}،" - ރައީސް ނަޝީދު

އެމަނިކުފާނަކީ މާތް ﷲގެ އިރާދަފުޅުން މާލޭގައި ގޯތި ގެދޮރު ނެތިގެން މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތިފައި ހުރި މީހެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ބަދަލުވާނެ ގޮތެއް ހޯދުމަކީ އެމަނިކުފާނުވެސް ވަރަށް ކުރައްވަން ބޭނުންފުޅުވާ ކަމެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވި އެވެ. 

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބޭ ސެކިއުރިޓީ ހުއްޓާލައިގެން އެމަނިފާނު މަރާލައިފިއްޔާ އޮންނާނީ މަރުވެފައި ކަމަށެވެ. 

"ސެކިއުރިޓީ ބަލަހައްޓާނެތޯ ނޫންތޯ، ދެން ނުބަލަހައްޓައިގެން މަރާލައިފިއްޔާ ދެން މަރުވެފަ އޮންނާނީ ދެއްތޯ. މިހާރުވެސް ކިރިޔާ އަޅުގަނޑު މިހުރީ،" ރައީސް ނަޝީދު

ބޮމެއް ގޮއްވާލާ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިހާރުވެސް އެމަނިކުފާނު މަރު ނުވެ ހުރީ ކިރިޔާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް