ads
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
ސިޔާސީ މީހުން ނުތިބޭ ގޮތަށް ޖޭއެސްސީ އިސްލާހުކުރަން ފޮނުވައިފި
ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުތައް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
Advertisement

ބަންޑާރަ ނައިބު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ޖޭއެސްސީގައި މެމްބަރުން ހިމެނޭގޮތާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް މިއަދު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

މައިގަނޑު ގޮތެއްގައި ގެނެސްފައިވާ އިސްލާހަށް ބަލާއިރު ޖޭއެސްސީގެ މެންބަރުންގެ އަދަދަކީ ހަތެއް ކަމުގައި ކަނޑައެޅުމުގެ އިތުރުން މިހާރު ޖޭއެސްސީގައި ތިއްބަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭނެގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެން ވަނީ 10 މެމްބަރުންގެ މައްޗަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށާއި މެމްބަރުން އެކުލެވިގެން ވާގޮތް ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި އެކަން ކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެ ނޫން ވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ހިޔާލާއި މަަޝްވަރާގެ މަތިން ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދު ކަމަށާއި މިހާތަނަށް އެ ކަމާ ގުޅޭ ނުވަ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް