ads
ރައީސް އަބްދުالله ޔާމިން ވެރިކަމުގައި ހިނބަޅިދޫ އިން ފެނުނު ބައެއް ހަތިޔާރުތައް:
ޕާކިސްތާނު މީހަކު ރާއްޖެއަށް މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެކުރަނީ
ޕާކިސްތާނުގެ އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) އައި ގައި ކުރިން އުޅުނު މީހަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތަކެއްޔާއި ހަތިޔާރު އެތެރެ ކުރާކަމަށް އިންޑިއާގެ ތަހުގީގީ އިދާރާއަކުން ބުނެފިއެވެ.

ލަންކާގެ "ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާގޮތުން ސަލީމް ކިޔާ މި މީހާ ރާއްޖެއާއި، ލަންކާ އަދި އިންޑިއާ ފަދަ ގައުމުތަކަށް މަސްތުވާތަކެއްޗާއި ފޮނުވާކަމަށް އެ އިދާރާއިން ބުނެއެވެ.

އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން މިހެން ބުނެފައިވަނީ، ލިބަރޭޝަން ޓައިގާސް އޮފް ތަމިލް އީލާމް (އެލްޓީޓީއީ) ގެ ހަރަކާތްތައް އަލުން ދިރުވަން މަސައްކަތް ކުރި 13 މީހެއްގެ މައްޗަށް ދައުވާ އުފުލައި އާންމުކުރި މައުލޫމާތުތަކެއްގައެވެ. 

އެންއައިއޭ އިން ތުހުމަތުކުރާ ގޮތުގައި ދައުވާ ލިބޭ މީހުން ބޭނުން ކުރަމުން ދިޔައީ ގަވާއިދާ ހިލާފަށް މަސްތުވާތަކެތީގެ ވިޔަފާރިން ލިބުނު ފައިސާ އިންޑިއާ އާއި ލަންކާގައި އެލްޓީޓީއީ ދިރުވައި އާލާކުރުމަށް ފައިސާ ހޯދުމަށާއި އެއްކުރުމާއި ހަތިޔާރު ރައްކާކުރުމަށެވެ.

އެމީހުން ވިއްކާ މަސްތުވާތަކެއްޗާއި ހަތިޔާރަކީ ޕާކިސްތާނުގެ ސަލީމް ކިޔާ މީހާއާއި ގުޅުން ހުރި ތަކެތިކަމަށް ބުނެފައިވެއެވެ. 

"އިންޑިއާ ލަންކާ އަދި ދިވެހި ރާއްޖެ އަދި ކައިރީގައިވާ އެހެން ގައުމުތަކަށް މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެކުރުމުގެ މުޅި ކަނޑުގެ މަސައްކަތް ގާތްގަނޑަކަށް އޭނާ ބެލެހެއްޓި،" ކަމަށް އެ އިދާރާއިން ބުނެއެވެ.

އެމްއެންޑީއެފްގެ ހަތިޔާރު ގުދަނުން ހަތިޔާރު ވަގަށް ނަގައިގެން ގެންގޮސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދޫކޮށްފައި އޮތް ބ.ހިނބަޅިދޫ ގައި އެހަތިޔާރުތައް ރައްކާކޮށްފައި ހުއްޓާ ފެނުނު މައްސަލައެއް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ވަނީ ފެންމަތިވެފައެވެ. އެ މައްލަސައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައިވާ އަހްމަދު ފަޔާޒް (ޕާޕާ)ގެ މައްޗަށް ދައުވާކުރެވުނެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް