ads
ދިވެހި ސްވިމް ޓީމު
ކޮމަންވެލްތު ޔޫތު ގޭމްސްއަށް ފެތުންތެރިން ހޮވައިފި
ހަތްވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ތިން ފެތުންތެރިން ހޮވައިފިއެވެ.

ހަތްވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި އޮންނާނީ ޓްރިނިޑޭޑް އެންޑް ޓޮބޭގޯގައި އަންނަ އޮގަސްޓް މަހުއެވެ. ސްވިމިން އެސޯސިއޭޝަނުން މި މުބާރާތަށްދާ ދިވެހި ފެތުންތެރިން ހޮވީ ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށްބަލައިގެންނެވެ.

ޓްރަޔަލްގެ ނަތީޖާއަށް ބަލައި ކޮމަންވެލްތު ގޭމްސްއަށް ދާ ދިވެހި ޔޫތު ޓީމުގެ މެންބަރުންގެ ގޮތުގައި ހޮވިފައިވަނީ މިރާލް އައިން ލަތީފް، އީން އައްބާސް ޝަރީފް އަދި މުހައްމަދު ރިހާން ޝިހާމް އެވެ.

ހަތްވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ޓްރިނިޑޭޑް އެންޑް ޓޮބޭގޯގައި ކުރިއަށްދާނީ، މިއަހަރުގެ އޮގަސްޓު މަހުގެ 4 ން 11 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް