ads
މެރިން ފުލުހުން ފަރުމާކުރި ދެ އެގްރިބޯޓު ބަންނަން ހަވާލުކޮށްފައިވަނީ ފިކްސްއިން މެރިންއަށް - ފޮޓޯ:ޔޫއެންޑީޕީ
ފުލުހުން ފަރުމާކުރި 2 އެގްރި ބޯޓު ބަންނަން ޖަޕާނުގެ އެހީގައި ދިވެހި ކުންފުންޏަކަށް
މެރިން ފުލުހުން ފަރުމާކުރި ދެ 'އެގްރި ބޯޓު' ބަނުމަށް ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުގެ އެހީގައި ދިވެހި ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ދަނޑުވެރިންގެ އުފެއްދުންތައް އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި އެގްރޯނެޓުން ބަނުމަށް ނިންމާފައިވާ އެގްރިބޯޓުތައް ބަންނަން ހަވާލުކޮށްފައިވަނީ ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑާއެވެ. ކ. ހުރާގައި ބޯޓުޔާޑެއް ގާއިމުކޮށްގެން މަސައްކަތް ކުރަމުން އަންނަ ފިކްސްއިން މެރިން އާ ހަވާލު ކުރީ 65 ފޫޓުގެ ބޯޓަކާއި 45 ފޫޓުގެ ބޯޓެއް ބަނުމަށެވެ.

އެގްރިބޯޓު ބަނުމަށް ފިކްސްއިން މެރިން އާއެކު ވީ އެއްބަސްވުމަށްފަހު ޔޫއެންޑީޕީން ބުނީ އެގްރިބޯޓުން ދަނޑުވެރިންގެ އުފެއްދުންތައް އަވަހަށް ބާޒާރަށް ގެންދަން ފެށުމުން ދަނޑުވެރިންނަށް ލިބޭ ގެއްލުން ކުޑަވެ، އިގުތިސޯދީ ފުރުސަތުތައް އިތުރުވާނެ ކަމަށެވެ. އެގްރިބޯޓާ އެކު ތާޒާ މޭވާ އާއި ތަރުކާރީ ލިބުން ދަތި ރަށްތަކަށް ކާނާގެ ޔަގީންކަން އިތުރުވާނެ ކަމަށް ޔޫއެންޑީޕީން ބުނެއެވެ.

ޔޫއެންޑީޕީން ބުނެފައިވަނީ ބޯޓުގައި ހަރުކުރާ ސޯލާ ޕެނަލްތަކުގެ ސަބަބުން ތެލާއި އެހެނިހެން ހަރަދު ކުޑަވާނެ ކަމަށާއި އެއީ ތިމާވެއްޓަށް ކުރާ އަސަރު ކުޑަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

your imageއެގްރޯނެޓުން ބަންނަ ބޯޓުގެ ކުރެހުމެއް: ދަނޑުވެރިންގެ އުފެއްދުންތައް އަވަސްކަމާއި ފަސޭހަކަމާ އެކު އެެއްތަނުން އަނެއްތަނަށް އުފުލުމަށް - ފޮޓޯ:އެގްރޯނެޓް

އެގްރި ބޯޓުތައް ފަރުމާކޮށްފައިވަނީ:

  • ދަނޑުވެރިންގެ އުފެއްދުންތައް ތާޒާކަމާ އެކު ރައްކާކުރެވޭނެ ގޮތަށް ފިނިކުރާ ނިޒާމްތަކާ އެކު
  • މުދާ ރައްކާކުރުމަށް ކޮމްޕާޓްމެންޓްސްތަކާއި ގެގަނޑުތައް ހުރޭ
  • ކޮމްޕާޓްމެންޓްސްތައް ހުންނާނީ 18 ފޫޓު ހަ ފޫޓަށް، ފިނިހޫނުމިން ބެލެހެއްޓޭގޮތަށް
  • ބޯޓުތަކުގެ ޑެކުގައި ސޯލާ ހަރުކުރާނެ، ބޯޓުގައި ބޭނުން ކުރާ ނިޒާމްތަކަށް ބޭނުންވާ ހަކަތަ އުފައްދައިދޭނީ އެ ސޯލާތަކުން

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އަކީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކޯޕަރޭޝަނުން އަންނަނީ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަކެތި އުފެއްދޭނެ މަގު ތަނަވަސްކޮށްދިނުމާ އެކު، އުފައްދާ އުފެއްދުންތައް ބާޒާރުގައި މާކެޓުވެސް ކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް