ads
ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފި: ނައިބު ރައީސް
ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
Advertisement

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވެވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސްޓެލްކޯއަކީ ވަރަށް މުހިންމު އަސާސީ ހިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ވޭތުވެތިޔަ އަހަރުތަކުގައި ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް އެ ކުންފުނިން ގެނެސްދީފައިވާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވެފައިވަނީ މާލެ ސަރަހައްދާއި މާލެ ކައިރި ސަރަހައްދުތަކަށް ބަލާއިރު ތިރީސް އެތައް ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން އަންނަނީ ފުޅާކުރަމުން ކަމަށެވެ.

މި ސަރުކާރުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ވަރަށް ބޮޑަށް އިސްކަމެއްދޭ ކަން ހާމަކުރައްވާ ނައިބު ރައީސް ވިދާޅުވި ގޮތުގައި އިންޖީނުގެތަކާއި އަތޮޅުތެރޭގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންނާ ހަމައަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުންޏެއް ނުވަތަ އެ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށްވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ.

ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އެ ކުންފުނީގެ ކަންކަން ވަރަށް ގާތުން ނައިބު ރައީސް ބައްލަވާ ކަމަށެވެ.

your imageސްޓެލްކޯގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑީއެމްޑީއަށް އެވޯޑް އަރުވަނީ - ފޮޓޯ:ރައީސް އޮފީސް

ސްޓެލްކޯގެ އަހަރީ ޖަލްސާގައި އެ ކުންފުނީގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް ލިބިވަޑައިގެންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފަށް ހާއްސަ އެވޯޑެއް ވަނީ އަރުވާފައެވެ. އޭގެ އިތުރުން އެ ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް