ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ ހިތިގަސްމަގު ޕްލެޓިނަް ކައިރީގައި މިއަދު 17:47 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވެއެވެ.
"މި އެކްސިޑެންޓުގައި ތިން މީހަކު އަނިވާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި. އެތަނުން އެކަކު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،" -ފުލުހުން-
މަރުވެފައިވަނީ އެތަނުން އެއް ކާރު ދުއްވަން އިން ޑްރައިވަރު ކަމަށް ފުލުހުން ބުނެއެވެ. އެ ފިރިހެންމީހާގެ އުމުރަކީ 65 އަހަރުގެ މީހެއްކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މަރުވި މީހާ ކާރުގައި އިނީ އެމީހާ އެކަނިކަމަށް ފުލުުހުން ބުނެއެވެ.
އެކްސިޑެންޓުގައި އެއްކާރު ކޮންޓްރޯލް ނުވެގެން ގޮސް ބްރޭކަރުތަކުގައި ޖެހި ވަރަށް ބޮޑަށް ގެއްލުންވަނީ ވެފައެވެ.