ކޮރޯނާ ވައިރަސްއިން ބަލިޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ކުރާނީ ކޮން އަސަރެއް؟
އެޗްޕީއޭ އިން ބުނީ މި ވައިރަސްއަކީ އަދި ވަރަށް އާ ވައިރަހަކަށްވުމާއެކު މިވައިރަހާއި ބެހޭގޮތުން ދަނީ ދިރާސާ ކުރަމުން ކަމަށެވެ.
އެގޮތުން މާބަނޑު ދުވަސްވަރު މައިމީހާގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް މިބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށާއި ބައިގެން ދިއުމާއި ބަނޑުގައިވާ ދަރިފުޅަށް ވައިރަސްގެ ސަބަބުން ކުއްޖާ އުފެދުމުގެ އައިބުތަށް ދިމާވުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ދުވަސްނުފުރާ ވިހަންޖެހުމަކީ މައިމީހާގެ ސިއްހަތު ނިޔާކުރާ ގޮތުން ކުރިމަތި ވެދާނެ ކަމެއް ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން މާބަނޑު ދުވަސްވަރު ދިމާވެދާނެ ކަންތައްތަކަކީ ކޮބާ؟
ގިނަ މާބަނޑު މީހުންގެ ވެސް ފެންނާނީ ރޯގާގެ އަލާމާތްތަކެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ބަލީގެ ސަބަބުން މާބަނޑު ދުވަސްވަރު އިތުރު ނޭދެވޭ ސިއްހީ ނުރައްކަލެއް ދިމާވާ ކަމަކަށް އެނގިފައެއް ނުވާ ކަމަށާއި މިހާތަނަށް ކޮރޯނާ ވައިރަސްގެ ސަބަބުން މާބަނޑު މީހަކު ނިޔާވެފައެއް ނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ބުނީ މާބަނޑު ދުވަސްވަރަކީ އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑު ދުވަސްވަރެއް ކަމުން ހިތުގެ ނުވަތަ ފުއްޕާމޭގެ ބައްޔެއް ހުންނަ މީހާއަށް އެބަލި ޖެހުމުން ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ.
ކޮރޯނާ ވައިރަސްއިން ރައްކާތެރިވެ ތިބުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
މިހާތަނަށް ކޮރޯނާ ވައިރަހަށް ނުވަ މީހަކު ރާއްޖެއިން ވަނީ ޕޮސިޓިވް ވެފައެވެ. އެވައިރަހަށް ޕޮސިޓިވް ވެފައިވަނީ ބިދޭސީންނެވެ.
އެބަލިން ރައްކާތއެރިވުމަށް ސާފުތާހިރު ވުމަށް ސަމާލުކަން ދިނުމަށް ސަރިކާރުގެ އެކި އިދާރާތަކުންނާއި ޑޮކްޓަރުން އަންނަނީ ގޮވާލަމުންނެވެ.