ރައީސް މިކަން ހާމަކުރެއްވީ ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިފަދަ ނުރައްކާތައް ހުއްޓުވަން ގާބިލު ސިފައިން ދިވެހިރާއްޖޭގެ އަސްކަރިއްޔާގައި އެބަތިބި ކަމަށެވެ. އަދި ދިވެހި ސިފައިންނަށް އިތުބާރު ކުރައްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވިއިރު، ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިވެހިރާއްޖެ ބޭސްއެއްގެ ގޮތުގައި ބޭނުންކޮށްގެން އިންޑިއާ އާއި ސިރީ ލަންކާ ފަދަ އަވަށްޓެރި ގައުމުތަކަށް ހަމަލާތަކެއް ދީފާނެކަމަށް އެމެރިކާގެ އިންސްޓިޓިއު އޮފް ޕީސް (ޔޫއެސްއައިޕީ) އިން ނެރެފައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.