ads
ފޮތްތައް ފޮނުވުމުގެ މަސައްކަތް
ދަރިވަރުންނަށް ދޫކުރާ ފޮތްތައް ބާވެ ހަލާކުވެފައި ހުންނަ ކަމުގެ ޝަކުވާ
ދިރާސީ އާ އަހަރަށް ދަރިވަރުންނަށް ދޫކުރި ބައެއްފޮތްތައް ބާވެފައި ހުންނަ ކަމުގެ ޝަކުވާ ބެލެނެވެރިން ކުރަން ފަށައިފިއެވެ.

ކޮންމެ ގްރޭޑެއްގައި ވެސް އަހަރު ނިމުމުން ދަރިވަރުން ކިޔަވާ ޓެކްސްޓް ފޮތްތައް އަނެއް އަހަރު ބޭނުން ކުރުމަށް ނަގަ އެވެ. 

އަދި ސްކޫލުން އެ ފޮތްތަކުގެ ފެންވަރާއި ބޭނުންކޮށްފައިވާ މިންވަރު ބެލުމަށް ފަހު، ޖެހިގެން އަންނަ އަހަރު ކިޔަވަން ފަށާ ދަރިވަރުންނަށް ދޫކުރެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން އަލަށް ޗާޕު ކުރާނީ ދަރިވަރުންނަށް މަދުވާ ފޮތްތަކެވެ.

މިިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރު ދަރިވަރުންނަށް ބާ ފޮތް ދޭނެ ކަމަށާއި އެކަމަކު ލިޔެ ކުރަހާފައި ހުންނަ ފޮތްތައް ނަގަން، މިނިސްޓްރީން ސްކޫލުތަކަށް އަންގާފައިވާނެ ކަމަށެވެ.

"އެކަހަލަ ކަމެއް އުޅޭ ނަމަ ސްކޫލުތަކަށް ދިއުމުން ހައްލު ވާނެ،" އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އާއަހަރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް މިހާރުވަނީ އަތޮޅުތަކަށް ފޮނުވަން ފަށާފައެވެ. އަދި އޮގަސްޓް ހަ ގެ ކުރިން ހުރިހާ ފޮތްތައް ހަމަ ވާނެކަމަށްވެސް މިނިސްޓްރީން ދެކެއެވެ. 

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް