މި އިވެންޓުގެ އެއްވަނަ މުޖާހިދު ހޯދީ ދެވަނާގައި އޮތް ޝުއާއުއަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. މުބާރާތުގައި ކުޅުނު 15 ރައުންޑުން މުޖާހިދު ވަނީ 15 ޕޮއިންޓު ހޯދާފައެވެ. މިއީ ގައުމީ ޗެސް މުބާރާތުގެ އެއްވަނަ މުޖާހިދު ހާސިލްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެއްވަނަ ހާސިލްކުރަމުން އައީ ޝުއާއުއެވެ.
މިފަހަރުގެ ގައުމީ މުބާރާތް ކުރިއަށް ގެންދަނީ ތިން އިވެންޓަކަށް ބަހާލައިގެންނެވެ. އެއީ ކްލަބް އިވެންޓް، ވިމެން އިވެންޓް އަދި އޯޕަން އިވެންޓެވެ. ކްލަބް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީންނެވެ. އަންހެން އިވެންޓުގެ އެއްވަނަ ހާސިލް ކުރީ ނިހާޔާ އަހްމަދެވެ.
މިފަހަރުގެ އޯޕަން ކެޓަގަރީގައި ޖުމްލަ 65 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 80،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.