ads
ޗައިނާ ރައްޔިތެއް ކަމަށްވާ ޒޫ ޔިޓޮންގް
ރޭޕް ކުރި ޗައިނާ މީހާ އިންސާފު ހޯދަން ރައީސް ނަޝީދާއި ރައީސް ސާލިހުގެ އަރިހަށް
ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އަންނަނިކޮށް ރޭޕްގެ ޝިކާރައަކަށްވި ޗައިނާގެ ފަތުރުވެރިޔާ އިންސާފު ހޯދައިދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ދަ ރިޓްޒް-ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައި އުމުރުން 26 އަހަރުގެ ޗައިނާ ރައްޔިތެއް ކަމަށްވާ ޒޫ ޔިޓޮންގް އޭނާގެ ބަޓުލަރު ރޭޕްކުރި މައްސަލައިގައި އިންސާފު ހޯދުމަށް އެދި ލިޔުނު ސިޓީގައި ބުނެފައިވަނީ އޭނާއަކީ ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް ރޭޕްވި ފަތުރުވެރިއެއް ކަމަށެވެ. 

"މަނިކުފަނު މި މައްސަލަ ކައިރިން ބައްލަވައިދެއްވުމަށް ނުހަނު އާދޭހާއެކު އެދެން،" ޒޫ ލިޔެފައިވާ ސިޓީގައި އެދިފައިވެއެވެ. 

އޭނާ ވަނީ މި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފޮނުވާފައެވެ. 

އެނާ މިމަހު 10 ވަނަ ދުވަހު އަނބުރާ ގައުމަށް ދާން ނިންމައިގެން އައި ނަމަވެސް އެނާގެ ރާއްޖޭގައި ހުންނަ ދުވަސްތައް އިތުރުކޮށްފައިވާކަމަށް ބުނެފައިވެއެވެ. އޭނާ ވަނީ އެނާއަށް އިންސާފު ހޯދައި ދިނުމަށް ދިވެހިންގެ ކިބައިން އެދިފައެވެ.

ރޭޕްގެ މައްސަލަ މި މަހުގެ ހަވަނަ ދުވަހު ފުލުހަށް ވަނީ ހުށަހަޅާފައެވެ. ފުލުހުން ވަނީ ސާމްޕަލް ނަގައި ޓެސްޓުކޮށްފައެވެ. 

އޭނާ ވަނީ އޭނާއަށް ކޮށްފައިވާ އަނިޔާތަކާއި އެ މައްސަލައާއި ގުޅުންހުރި ބައެއް ލިޔެކިއުންތައް ވެސް އާންމުކޮށްފައެވެ. ޒޫ ބުނާގޮތުން އޭނާ ރޭޕް ކުރުމުން އޭނާ ހުރި 'ފަރި އައިލެންޑު ރިސޯޓު' އިންވެސްވަނީ އެހީތެރިކަން ފޯރުކޮށްދޭން ދެކޮޅު ހަދާފައެވެ. އޭބާ ރޭޕްކުރީ އެ ރިސޯޓުން އޭނާއަށް ކަނޑައެޅި ބަޓުލަރުކަމަށް ވެސް އޭނާ ތުހުމަތުކުރެއެވެ. 

މި މައްސަލައިގައި ދިވެހި ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނި ނަމަވެސް މި މައްސަލަ ވަނީ ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް