ads
ޒޫއަށް ލިބިފައިވާ ބައެއް އަނިޔާތައް
ފަރި އައިލެންޑު ރިސޯޓުގައި ކުރި އަނިޔާވެރި ރޭޕު: ފަތުރުވެރިޔާގެ ދުލުން!
ކ އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއް ރޭޕް ކުރިމައްސަލަ މިމަހު ހަ ވަަނަ ދުވަހު ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެންމެ ފަހުން އެ ފަތުރުވެރިއާ މިވަނީ އޭނާއަށް ކުރި ރޭޕުގެ ވާހަަކަތައް އޭނާގެ ދުލުން ކިޔައިދީފައެވެ.
Advertisement

އުމުރުން 26 އަހަރުގެ ޗައިނާ ރައްޔިތެއް ކަމަށްވާ ޒޫ ޔިޓޮންގް ބުނީ އެނާ "ފަރި އައިލެންޑް ރިސޯޓަށް" ދިޔައީ މިމަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އަދި އެނާ މިމަހު 10 ވަނަ ދުވަހު އަނބުރާ ގައުމަށް ދާން ނިންމައިގެން އައި ނަމަވެސް އެނާގެ ރާއްޖޭގައި ހުންނަ ދުވަސްތައް އިތުރުކޮށްފައިވާކަމަށެވެ. އޭނާ ވަނީ އެނާއަށް އިންސާފު ހޯދައި ދިނުމަށް ދިވެހިންގެ ކިބައިން އެދިފައެވެ.

އޭނާ ވަނީ އޭނާއަށް ކޮށްފައިވާ އަނިޔާތަކާއި އެ މައްސަލައާއި ގުޅުންހުރި ބައެއް ލިޔެކިއުންތައް ވެސް އާންމުކޮށްފައެވެ. 

ހާދިސާ ހިނގި ގޮތް ޒޫ ޔިޓޮންގް ކިޔައިދީފައިވާ ގޮތް: 

ޒޫ ޔިޓޮންގް ބުނީ ރިސޯޓަށް އާދެވުނު ފަހުން އޭނާއަށް ކަނޑައެޅި ބަޓްލަރަކީ އުޝާމް ކަމަށެވެ. އޭނާ ކޮޓަރިއަށް ވަދެވުމުން އޭނާ ހަމަޖެހިލުމަށް އެހީތެރިވެދީ ރިސޯޓުގައި ހުރި ހުރިހާ ވަސީލަތްތަކެއް އޭނާއަށް އެންމެ ފުރަތަމަ ކިޔައިދިންކަމަށެވެ. ހަމަ އެދުވަހު ޒޫގެ ފޯނަށް ފެން އެޅިގެން ފޯނު މަސައްކަތްކުރުން ހުއްޓުނުކަމަށެވެ. 

"އަހަރެން ކަންބޮޑުވެ އާއިލާއާ ގުޅޭނެ ގޮތެއް ނޭނގިގެން ފްރަންޓް ޑެސްކުން އެހީތެރިވުމަށް އެދުމުން އެމީހުން އުޝާމް ފޮނުވި. އޭނާ އައިސް އަހަރެންގެ ފޯނުގައި އަހަރެންގެ ސިމް ބޭނުންކޮށް މަންމައާއި ވާހަކަ ދައްކަން އެހީތެރިވި. އޭނާ ދެން އެނދުގައި އިށީނދެ އަހަރެންނާ ޗެޓް ކުރަން ފެށި. ކީއްވެތޯ އެކަނި އައީ، ކޮންތާކުތޯ އުޅެނީ ފަދަ ސުވާލުތައް ކުރަންފެށި."

އަދި އެއަށްފަހު އެރޭ އޭނާ ކުރި ކަންތައްތަކާ މެދު ސުވާލު ކުރަން ފެށިކަމަށް ވަނީ ބުނެފައެވެ. 

"ބޭރުގައި ރޫމް ޕޫލް ކައިރީގައި ނިދާފައި އޮތިންތޯ ވެސް އެހި؟ އަދި އެވަގުތު އަހަންނަށް ވިސްނުނީ އޭނާ އަހަންނަށް ފާރަލަމުން ދިޔަކަން. އަދި މައުޞޫ ބަދަލުކުރަން އަހަރެން ބޭނުންވި،"

ޒޫ ބުނީ އުޝާމް ހިނދުކޮޅަކަށް ކޮޓަރިން ނުކުމެގެން އަނެއްކާވެސް އެނބުރި އައީ މަންމަ ވީޗެޓް ފޮނުވާފައި އޮތުމުންކަމަށެވެ.

"އަދި އޭނާ އަހަރެންނާ ވާހަކަދައްކަމުން ދިޔައީ އަނެއްކާވެސް،ސުވާލު ތަކެއް ކުރަމުން. އަދި ޗުއިންގަމް ނަގައިގެން ޗުއިންގަމް ކާންފެށި. އަދި ކިސްކުރަން ބޭނުންތޯ އަހާލުމުން އަހަރެން ބުނާނެ އެއްޗެއްވެސް ނޭގުނު. އަހަރެން ހުރީ ހާސްބޮޑުވެފަ. އަހަރެން ބުނީމެއްނު އަހަރެން ފިޒިކަލް ކޮންޓެކްޓް ކަމުނުދާ ކަމަށް. އަހަރެންގެ ކޮމްޕިއުޓަރު ނަގައިގެން އޭނާއަށް އެ ބުނިއެއްޗެއް ނޭގިދާނެތީ ތަރުޖަމާ ވެސް ކުރިން،"

your imageފަރި އައިލެންޑް ރިސޯޓު

އެނާ ދެކޮޅުހެދުމުން އެކި އެއްޗެހި ކިޔައިގެން ހަމަޖައްސަން އުޅުނުކަމަށާއި، ނަމަވެސް އޭނާގެ ވަހުޝީ އަމަލުތަކަށް ނިމުމެއް ނައިކަމަށް ޒޫ ބުނެފައިވެއެވެ. 

"ހާސްވާނެކަމެއްނެތޭ ބުނެ ގަދަކަމުން އޭނާގެ ދޫ ބޭނުންކޮށްގެން އަނގަ ހުޅުވާލަން މަސައްކަތް ކުރި. އަހަރެން ދެކޮޅު ހެދުމުން އަހަރެން ގޭ އީތޯ ނުވަތަ ނޫންތޯ އަހާލީ އަހަރެން އޭނާއަށް ހުއްދަ ނުދިނުމުން،"

އެވަގުތު ޒޫ ހުރީ ނިދާ ހެދުމުގައި ކަމަށާއި އޭނާ އެ ނުބައި އަމަލު ހިންގަމުން އެނާއަކީ ރަނގަޅު ފިރިހެނެއް ކަމަށް ބުނެފައިވާކަަމަށްވެސް ޒޫ ބުނެފައިވެއެވެ. 

"އެއަށްފަހު އަހަރެން އެނދަށް ކޮށްޕާލައި ފަޓުލޫނު ބޭލި. އޭނާގެ ކުރިމަތި ފަރާތް އަހަރެންގެ އަނގައިގައި ދެފަހަރު ޖެއްސި. އޭނާ ދެން ހަރެންގެ ޖިންސީ ގުނަވަންތަކުގައި އަތްލުމަށްފަހު ޖިމާޢުވާން މަސައްކަތް ކުރި،"

އަހަރެން ގަދަކަމުން ހުއްޓުވަން އުޅުނު ނަމަވެސް އޭނާ އެކަން ނުކުރިއެވެ.

"އޭނާގެ ޖިންސީ ގުޅުން ހިންގަން މަސައްކުރުމުން އެކަން ނުވުމުން އޭނަގެ އިނގިލި އަހަރެންގެ ޖިންސީ ގުނަވަނުގެ ތެރެއަށްލި. އަހަރެން ދެން ތެދުވެ ދުވެފައި ގޮސް ކުއިލްޓެއްގައި އޮޅާލިން. އެއަށްފަހު އަހަރެންގެ އުރަމަތީގައި އަތްލައިގެން ޖިންސީ އެދިން އެނާ އަމިއްލައަށް ފުއްދަން ކަމުދާނެތޯ އަހާލި. އަހަރެން ދެކޮޅު ހެދިން،"

އޭނާ އެންމެފަހުން އަމިއްލައަކަށް އޭނަގެ އަތް ބޭނުންކޮށްގެން ޖިންސީ އެދުން ފުއްދި ކަމަށް ޒޫ ބުންޏެވެ. 

"އެއަށްފަހު އޭނާގެ އަތް ބޭނުންކޮށްގެން އެދުން ފުއްދައި އަހަރެންގެ ކޮމްޕިއުޓަރު ސްކްރީނަށް މަނި ދޫކޮށްލި. އޭނާ ފާހާނާއިން ތުވާލި ނަގައި އެ ތުވާލިން އަހަރެންގެ ސްކްރީން ފޮހެލި. އޭނާ ދެން ބުނީ އަހަރެން ހުޅުވެން ވަގުތު ބޭނުންވާ ކަމަށާއި އޭނާ އެނބުރި އަންނާނެ ކަމަށް.. އަހަރެން އަމިއްލައަށް އަަވަހަށް ހޮޓަލުގައި ތިބި މެނޭޖަރުންނަށް އެކަން އެންގިން،"

ޒީ ބުނީ އެމީހުން އައިސް އެއްވެސް ކަމެއް ނުހިނގާކަމަށް ހަދަން އުޅުމުން އޭނާ ފުލުހުންނަށް ގުޅުމަށް އެދުނުކަމަށެވެ.

"އެމީހުން ބުނީ ފުލުހުން ހޯދާނަމޭ ދެން ދެ ސްޓާފެއް އައިސް އަހަރެންގެ ކޮމްޕިއުޓަރު ގެންދިޔައީ. ތުވާލި ވެސް ހިފައިގެން ދިޔައީ. އަޅުގަނޑު ބުނީމެއްނު މިއީ ހަމައެކަނި ފުލުހުންނާ ހަވާލުކުރަންޖެހޭ ތަކެތި ކަމަށް. ދެން ފުލުހުން އައިސް އަހަރެންގެ ބަޔާން ނެގީ،"

ޒީ ބުނީ އޭނާގެ އަނގަޔާއި ތުވާލި ފަދަ ތަންތަނުން ފުލުހުން ސާންޕަލް ނެގިކަަމަށެވެ. ނަމަވެސް އަދިވެސް އޭނާ ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. 

ޒޫ އަށް ދެން އެންގީ އެންމެ އަވަހަށް ރިސޯޓުން ފޭބުމަށެވެ. އަދި އެއީ ފުލުހުންނާއި އުޝާމް އާއި ދެމެދު ހިނގާ މައްސަލައެއް ކަމާއި ރިސޯޓުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެފައިވާކަމަށެވެ. 

"އަދި އެމީހުންނަށް އަހަރެންގެ އެކޮމޮޑޭޝަން ދެން ހަމަޖައްސައި ނުދެވޭނެ ކަމަށްބުނެ ފޮނުވާލީ. އަހަރެން ރިސޯޓުން ފައިބައިގެން ދިޔައިރު މާފަށް ވެސް ނޭދޭ،" ޒީ ބުންޏެވެ.

ޒޫ ބުނެފައިވަނީ އޭނާ އެ ތުހުމަތުތައް ކުރީ ރިސޯޓުގައި ހިިލޭ ހުންނަންކަމަށް ރިސޯޓުން ތުހުމަތު ކުރިނަމަ ވެސް އޭނާ ރިސޯޓުގައި ހުރި ދުވަސްތަކަށް ފައިސާ ދައްކާފައިވާނެކަމަށެވެ. އޭނާގެ އާއިލާ އުޅެނީ އޮސްޓްރޭލިއާގައި ކަމަށާއި، އޭނާއަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަމަށެވެ. 

އެ ރިސޯޓު އޮޕަރޭޓުކުރާ ރިޒް ކާޓަން ޓެގްކޮށް ޒީ ބުނެފައިވަނީ އޭނާ އެމީހުންގެ ރިސޯޓެއްގައި ރޭޕު ކުރިކަމަށެވެ. އަދި އެމީހުންގެ "ބަޓުލަރުން ތަމްރީނު ކުރަނީ ގެސްޓުން ރޭޕުކިރަން"  ކަމަށް ޒޫ ބުންޏެވެ. 

މި ހާދިސާއާއި ގުޅިގެން ރިސޯޓަށް ގުޅުމުން އެމީހުން ބުނެފައިވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ނޭގޭކަމަށެވެ. 

11%
ކަމުގޮސްފި
52%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް