ads
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފަރުކޮޅުފުށީގައި ވިމެން ޔުނައިޓް-ޑިޖިޓަލްގެ ނަމުގައި ހާއްސަ ހަރަކާތުގެ ތެރެއިން - ފޮޓޯ:އެޗްޑީސީ
ރާއްޖޭގައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމް ކުރަން 131 އަހަރު ނަގާނެ: އިކޮނޮމިކް ފޯރަމް
ދިވެހިރާއްޖޭގައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމްކުރަން އަދި އިތުރު 131 އަހަރު ނަގާނެކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ބުނެފިއެވެ.
Advertisement

އެ ފޯރަމުން މިއަދު ނެރުނު ރިޕޯޓުގައި ބުނީ ރާއްޖޭގައި މިންތީގެ ހަމަހަމަކަން ނުވަތަ ދެ ޖިންސުގެ ހަމަހަަކަން ގާއިމް ކުރެވޭނެކަމަށް ލަފާކުރެވެނީ 2154 ވަނަ އަހަރުކަމަށެވެ. 

އެ ރިޕޯޓުގައި ބުނެފައިވާގޮތުން 2006 ވަަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި މިންތީގެ ހަމަހަމަކަމަށް ލިބިފައިވަނީ އެންމެ 4.1 ޕަސަންޓުގެ ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖޭގެ މި މައްސަލައިގެ ހައްލަށް ދާން އޮތް ރާތާ ވަރަށް ދުރުކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

އެގޮތުން ތައުލީމު، ސިއްހަތު އަދި އިގްތިސާދީ ގޮތުން އޮތް ފަރަގު ނައްތާލުމަށް ފާއިތުވީ އަހަރެއްހާ ދިވަހުގެ ތެރޭގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ 0.3 ޕަސަންޓުގެ ކުރިއެރުމެކެވެ. 

މިއަހަރު ދިވެހިރާއްޖެއޮތީ ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގޮތުން ނެރުނު "ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓު" ގެ ގައި ދުނިޔޭގެ ރޭންކިންގެ 124 ވަނައިގަ އެވެ. އެއީ މިދިޔަ 2022 އަަހަރު އޮތް 117 ވަނައާއި އަޅާ ބަލާއިރު ހަތް ދަރަޖައިގެ ވެއްޓުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް