ads
ގައުމީ ފިލްމު އެވޯޑުގެ ތެރެއިން: ފޮޓޯ އަވަސް
ކޮޕީ އިއްސެ ޖުމްހޫރީ ޕާޓީން ވަކިވެއްޖެ
ރާއްޖޭގެ އެންމެ މަގުބޫލުއެއް ފިލްމީތަރިި ކޮޕީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.

ކޮޕީ އިއްސެ ބުނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވެފައިވާކަމަށެވެ. 

ސީއެންއެމްއާ މިއަދު ވާހަކަ ދައްކަމުން އޭނާ ބުނީ، އޭނާ ވަކިވީ، "ވަކި ޕާޓީއެއްގައި ހުރުމުން މަންފާކުރަނިވި މަސައްކަތްތަކެއް އަތުން ބީވެގެން ދަނީ. ޖުމްހޫރީ ޕާޓީގައި ހުރުމަކީ ހުރުމުން "މީހުންނަށް ހީވަނީ ލައްކަ ބައިވަރުތަކެއް ލިބެއޭ. އެހެނެއްވެސް ނޫން،" ކަމަށްވާތީކަމަށެވެ. 

"ނަމެއްގައި ސިޔާސީ ޕާޓީއެއްގައި ހުރުމަކީ" ބޭނުމެއް އޮތް ކަމެއް ނޫންކަމަށް ވެސް އިއްސެ ބުންޏެވެ. 

ކޮޕީ އިއްސެ ޖޭޕީން ވަކިވެފައިވަނީ ތިން އަހަރާއި ހަތް މަސް ދުވަހު އެޕާޓީގައި އުޅުމަށްފަހުއެވެ. 

ކޮޕީއިއްސެއަކީ ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ތަރިއެކެވެ. އަދި ދެ ގައުމީ އެވޯޑު ވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ. އެއީ ފިލްމު "ހޭލާ" އިން ކާމިޔާބު ކުރި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި މޫމިން ފުވާދުގެ "ލޫދިފާ" އިން އެންމެ މޮޅު އެކްޓަރުގެ މަގާމެވެ. ފިލްމީ ދާއިރާއިން ގައުމީ އެވޯޑުވެސް އިއްސެ ވަނީ ހާސިލްކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް