ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ބަންދުގައި ހުރި މީހަކަށް ފުލުހުން ކާން ނުދިންކަމުގެ ތުހުމަތު
މިވަނީ މިމަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ޖެހިގެން އައި ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވަގުތުތަކުގައި އޭނާއަށް ކާއެއްޗެއް ދީފައި ނުވާ ކަމަށް އެމީހާ ބުނެފިއެވެ.

ނަމަވެސް ފުލުހުން މިއަދު ވަނީ އޭނާގެ ވާހަކަތއް ދޮގުކޮށް ބަންދުގައި ތިބޭ މީހުންނަށް ކާން ދޭކަމަށް ބުނެ މީޑިއާތަކަށް މެސެޖެއް ފޮނުވާފައެވެ. 

"ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ހުންނަ ކޮންމެ މީހަކަށްވެސް އެ އޮންނަ އުސޫލުގެ ތެރެއިން ކެއިންބުއިމުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުން" -ފުލުހުން-

ރިޕޯޓުތައް ބުނާގޮތުން އެ މީހާ ކޯޓަށް ހާޒިރުކުރުމުގެ ކުރިން ބަންދުކޮށްފައި ހުރީ ގަލޮޅު ޕޮލިސްޓޭޝަނުގައެވެ. އެ ވާހަކަވެސް ފުލުހުން ވަނީ ދޮގުކޮށްފައެވެ. ސަބަބަކީ އެ ސްޓޭޝަނަކީ މީހުން ބަންދުކުރާ ގޮޅިތަކެއް ހުންނަތާކަށް ނުވާތީއެވެ. 

"ހަތަރު ގަޑިއިރަށްވުރެ ގިނައިރު އެ ސްޓޭޝަނުގައި މީހަކު ބަންދުކޮށްފައި ނުހުންނާނެ،" ފުލުހުން ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް