ރައީސް ނަޝީދު މިގޮތަށް އެދިލެއްވިއިރު ޒޫ ވަނީ ރައީސް ނަޝީދަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީއެއް ފޮނުވައި އޭނާއަށް އެހީތެރިވުމަށް އެދިފައެވެ.
ޒޫ ދެ ރައީސުންނަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ މަނިކުފާނު މި މައްސަލަ ކައިރިން ބައްލަވައިދެއްވުމަށް ނުހަނު އާދޭހާއެކު އެދެން،" ކަމަށެވެ.
މި މައްސަލައިގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ޒޫ ޔިޓޮންގް ސިޓީ ލިބިލެއްވުމުން ވަރަށް ކަންބޮޑުވިކަމަށެވެ. އަދި އެ މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރުމަށް ރައީސް ނަޝީދު ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ.
ޒޫ މިމަހު 10 ވަނަ ދުވަހު އަނބުރާ ގައުމަށް ދާން ނިންމައިގެން ރާއްޖެ އައި ނަމަވެސް އެނާގެ ރާއްޖޭގައި ހުންނަ ދުވަސްތައް ވަނީ އިތުރުކޮށްފައެވެ. އޭނާ ވަނީ އެނާއަށް އިންސާފު ހޯދައި ދިނުމަށް ދިވެހިންގެ ކިބައިން އެދިފައެވެ.
ރޭޕްގެ މައްސަލަ މި މަހުގެ ހަވަނަ ދުވަހު ފުލުހަށް ވަނީ ހުށަހަޅާފައެވެ. ފުލުހުން ވަނީ އޭނާގެ ސާމްޕަލް ނަގައި ޓެސްޓުކޮށްފައެވެ.
ޒޫ ވަނީ އޭނާއަށް ކޮށްފައިވާ އަނިޔާތަކާއި އެ މައްސަލައާއި ގުޅުންހުރި ބައެއް ލިޔެކިއުންތައް ވެސް އާންމުކޮށްފައެވެ. ޒޫ ބުނާގޮތުން އޭނާ ރޭޕް ކުރުމުން އޭނާ ހުރި 'ފަރި އައިލެންޑު ރިސޯޓު' އިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ދެކޮޅު ހަދާފައެވެ. އޭނާ ރޭޕްކުރީ އެ ރިސޯޓުން ކަނޑައެޅި ބަޓުލަރުކަމަށް ވެސް އޭނާ ތުހުމަތުކުރެއެވެ.