ads
މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓަރު ސަމީރު އާއި އެކު ޖޭޕީގެ ކުރީގެ ކައުންސިލް މެމްބަރުން އެމްޑީޕީއަށް
ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އާއި އެކު މިސަރުކާރާއި އެކު ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ޖުމްހޫރީޕާޓީގެ ކައުންސިލުން އިސްތިއުފާދެއްވި ބައެއް މެމްބަރުން އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި އެޕާޓީގެ ލީޑަރު ވާދަކުރަން ނިންމުމާއި އެކު ޖޭޕީގެ ކައުންސިލުން އިސްތިއުފާ ދެއްވި މެމްބަރުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރުކަން ފުރުއްވަމުން ގެންދެވި ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދު އާއި ފިލްމީތަރި އަހުމަދު އަޒްމީލް ހިމެނެއެވެ.

މިނިސްޓަރު ސަމީރު އާއިއެކު މީގެތެރެއިން ބައެއް ބޭފުޅުން މިއަދު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ. އޭގެތެރޭގައި ޝާހު އާއި ވަލީދާ އަދި އަޒްމީލް ހިމެނެއެވެ.

ޖޭޕީން ވަކިވި ބައެއް ބޭފުޅުން މިއަދު އެމްޑީޕީއަށް ސޮއިކުރިއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވި ހިސާބުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވިޖޭޕީގެ ގިނަ އަދަދެއްގެ މެމްބަރުން އެޕާޓީން ވަކިވި އެވެ.

އަދި ބައެއް ބޭފުޅުން ވަނީ ޖޭޕީގައި ދެމި ތިއްބެވި ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރުމަށް ނިންމަވާފައެވެ. އޭގެތެރޭގައި ޓްއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ފާހަގަ ކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް