ads
އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް
އެމްއެމްޕީއާރްސީ ހިޔާނާތު މައްސަލައިގައި ކާނަލް ނާޒިމް އޭސީސީއަށް
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު، އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށް، ސުވާލުކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އިއުލާންކޮށް ނާޒިމް ގެންދަވަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. 

އޭސީސީއަށް ހާޒިރު ކުރި މައްސަލައިގައި އިއްޔެ ނެރުއްވި ބަޔާނެއްގައި ނާޒިމް ވިދާޅުވީ މީގެ ނުވަ އަހަރު ކުރިން ހިނގާފައިވާ ކަމަށް ބުނާ މައްސަލައެއްގައި އޭސީސީއަށް ހާޒިރު ކުރީ ސިޔާސީ ގޮތުން ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަންނަމުންދާތީ، އަގުވައްޓާލައި ރައްޔިތުން ކުރަމުން އަންނަ އިތުބާރާއި ތާއީދު ކަނޑުވާލުމުގެ ނިޔަތުގައި ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުން ކަމުގައި ކަމަށެވެ. 

ނާޒިމްގެ ބަޔާނުގައި އޭނާއަކީ 30 އަހަރަށްވުރެ ގިނަ ދުވަހު އެކި ފެންވަރުގެ މަޤާމުތަކުގައި ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްފައިވާ މީހެއްކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިހައިތަނަށް އައިއިރު ވެސް، ޚިޔާނާތުގެ މައްސަލައެއް ދުވަހަކުވެސް ޖެހިފައިނުވާ ކަމަށެވެ. އެހެން ކަމުން މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ހިންގާ މިފަދަ ޢަމަލުތަކަކީ ދިވެހި ރައްޔިތުންވެސް ޤަބޫލުކުރާނޭ ކަމެއް ނޫން ކަމުގައި ދެކޭ ކަަމަށެވެ.

އަސި ދިވެހި ދައުލަތުގެ ކަންކަން މިއަދު ހިނގަމުންދާ ގޮތުން މިނިވަން މުއައްސަސާތަކަށް ޤާނޫނުއަސާސީ ގައި ބުނާ ގޮތަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލި އެ ކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީ، ކަންބޮޑުވެލައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް