މިނިސްޓްރީން އިއްޔެ އާންމުކުރި މާލެ ސަރަހައްދުގައި ބޮޑު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ލިސްޓުގައިވާ ގޮތުން މާލޭ މާފަންނު ސްޓޭޑިއަމާއި ހުޅުމާލޭ ސިންތެޓިކް ޓްރެކާއި ހުޅުމާލެ 2ގެ ކްރިކެޓް ސްޓޭޑިއަމް އަދި ވިލިމާލެ ބޯޅަދަނޑުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ އެވެ.
މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ ހިމެނޭހެން އިތުރު 25 މިސްކިތެއްގައި ވެސް އީދު ނަމާދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮންމެ އަހަރަކުވެސް އީދު ނަމާދާއި ދިމާކޮށް މާލެއާއި ރާއްޖޭގެ އެކިއެކި ސަރަހައްދު ތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އިސްލާމިކް މިނިސްޓްރީން ހަމައްޖައްސައެވެ.
މިއަހަރުގެ އަޞްހާ އީދު ދުވަހަކީ މިމަހުގެ 28 ވަނަ ދުވަހެވެ.