މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،
އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު އިތުރުވިއިރު، 2022 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު، ފާއިތުވެދިޔަ މަހު އިމްޕޯޓް ކުރެވުނު މުދަލުގެ އަގުވެސް ވަނީ އިތުރުވެފައެވެ.
ނިމިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު، 19 އިންސައްތަ ވަނީ އިތުރުވެފައެވެ. މި އަހަރުގެ މެއި މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 357 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލެވެ. ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ގޭހުގެ ގޮތުގައި 834 މިލިއަން ރުފިޔާގެ ތެޔޮ މިދިޔަ މަހު އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރިކަލް ސާމާނެވެ. މެއި މަހު ރާއްޖެއަށް 824 މިލިއަން ރުފިޔާގެ މެޝިނަރީ އާއި މެކޭނިކަލް އަދި އިލެކްޓްރިކަލް ސާމާނު އެތެރެކޮށްފައިވެއެވެ.
މިދިޔަ މަހު ރާއްޖޭން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން، 175 މިލިއަން ރުފިޔާގެ ކަޅުބިލަމަސް ވަނީ ބޭރުކޮށްފައެވެ.
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:
މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.