ރައްޔިތުންގެ މަޖިލީހުގެ އަމީން އާމަށް ނަޝީދުގެ އޮފީހުން ފޮނުވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ހުށައަޅާފައިވުމާއި އެކު އަދި އެ ނޯޓިސްގެ މުއްދަތު 26 ޖޫން 2023 އަށް ހަމަވާތީވެ ރައްޔިތުންގެ މަޖިލިސްގެ ރައީސް ހުންނަވާ ރަސްމީ ގެކޮޅު މ.މުރައިދޫ ގެއިން ގ.ބޭރުވެލި އަށް ބަދަލުވުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި އެކަމާއި ގުޅިގެން އަންގަވަންޖެހޭ ދައުލަތުގެ ހުރިހާ ފަރާތްތަކަށް އަންގަވައި ދެއްވުމަށްވެސް ނަޝީދުގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.
26 ޖޫން އަކީ ރައީސް ނަޝީދު މިހާތަނަށް ހުންނެވި ޢެމްޑީޕީގެ އަހަރީ ދުވަހެވެ. އެމްޑީޕީގެ ރައީސްކަމުންނާއި އެމްޑީޕީގެ މެމްބަރުކަމުން ރައީސް ނަޝީދު އިސްތިއިފާދެއްވީ އިއްޔެ އެވެ.