ads
ދަ ޗައިނީސް އެމްބެސެޑާ ބާސަރީ ޕްރޮގްރާމްގައި އެމްއެންޔޫއާ އެކު ސޮއިކުރަނީ -- ފޮޓޯ/ އެމްއެންޔޫ
ޗައިނާ ސަފީރުގެ މާލީ އެހީ 10 ދަރިވަރަކަށް
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޒިން ގެ ހާއްސަ އިނާޔަތެއްގެ ގޮތުން ގައުމީ ޔުނިވާސިޓީގެ 10 ދަރިވަރުންނަށް މާލީ އެހީ ދޭން ނިންމައި އެއްބަސްވުންތަކުގައި ސޮއި ކޮށްފިއެވެ.

މިއެއްބަސްވުން ތަކުގައި ސޮއި ކުރީ އިއްޔެގެ ވަގުތެއްގައެވެ. މި އެއްބަސްވުމުގައި ޗައިނާ ސަފީރު ވަންގް ލިޒިން އާއެކު، ގައުމީ ޔުނިވަސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުޙައްމަދު ޝަރީފެވެ. 

މި އެއްބަސްވުމުގެ ދަށުން ގައުމީ ޔުނިވާސިޓީގެ 10 ދަރިވަރަކަށް މާލީ އެހީގެ ގޮތުގައި ކޮންމެ އަހަރަކު ޗައިނާގެ ސަފީރު 10،000 ރުފިޔާ ދޭން ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޑރ ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި، މި އެހީ އިތުރަށް ބޮޑު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމުގައެވެ. 

ޗައިނާ ސަފީރުގެ މާލީ އެހީގެ ސަބަބުން ޔުނިވާސިޓީގެ ދަރިވަރުންގެ ކުރިއެރުމަށާއި ޔުނިވަސިޓީގެ ތަރައްގީއަށް ވެސް މަންފާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީން ބުނީ މާލީ އިނާޔަތަށް އެދި ހުށަހެޅުމަށް މިއަދު ޔުނިވަސިޓީގެ ދަރިވަރުންނަށް ހުޅުވާލާނެ ކަމަށާއި މި އިނާޔަތް ދޭ ދަރިވަރުން ކަނޑައެޅުމުގައި ޔުނިވަސިޓީގެ ސްކޮލަޝިޕް ދޭ މިންގަނޑަށް ބަލައި އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް