ads
މި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ 3 މީހުން
ރިލްވާން މައްސަލައިގައި ހައްޔަރުކުރި އަހަނދު ދޫކޮށްލައިފި
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ޢަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (އަހަނދު) ބަންދުން ދޫކޮށްލައިފިއެވެ.

މިދިޔަ އަހަރުގެ ޖޫން 26ގައި ހައްޔަރުކުރުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދުކުރި އަހަނދުގެ އަޑުއެހުންތައް ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ. އިއްޔެ އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއެކުގައެވެ.

އަހަނދަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވި ކަމުގެ ދައުވާއެވެ.

އެ ދެ މައްސަލައިގައި ދެން ދައުވާކޮށްފައި ވަނީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ)އަށާއި އަހްމަދު މުއާޒް (ގަޓު މުއާ)އަށެވެ. 

މި 3 މީހުންގެ ތެރެއިން އިސޫގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދެ ދައުވާ އެވެ. އަހަނދަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ. އަދި މުއާޒް މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް