ads
ސްކޫލުތަކުގެ ދަރިވަރުން
ދިރާސީ އަހަރު ނިމި ސްކޫލްތައް ބޮަޑު ޗުއްޓީއަށް
ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިންމާލައި ސްކޫލްތައް ބަންދުކޮށް ޗުއްޓީ ފެށިއްޖެއެވެ.

ނިމިދިޔަ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ 92،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގެ 217 ސުކޫލެއްގައި ކިޔަވައިދީފައިވެއެވެ. 

ޗުއްޓީއަށް ފަހު ދެން ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުއެވެ.

އަހަރުގެ މެދުތެރެއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރިފަހުން، ބޮޑު ބަންދަކަށް ފަހު އަހަރުގެ މެދުތެރެއިން ދިރާސީ އާ އަހަރު ފަށާނެ މިއީ ދެވަނަ ފަހަރެވެ.

މި ދުވަސްވަރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އާންމުކޮށް ފެތުރޭ މިންވަރަށްވުރެ އިތުރުވުމުން ޗުއްޓީ ދުވަސްވަރު ވެސް މިފަދަ އާންމު ރޯގާތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ. 

މި ޗުއްޓީގައި ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުމާއި ގޭގެއަށް ޒިޔާރަތްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާތީ ރޯގާތަކަށް ސަމާލުވާންޖެހޭ ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ. 

ސްކޫލްތަކުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް ހުމާއި ރޯގާ ފެތުރޭއިރު މިއީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރު ކަމަށްވާ ޖޫން/ޖުލައި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ބުނީ ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށެވެ. އެހެންވެ މި ދުވަސްވަރު ޗުއްޓީއާ ދިމާވާތީ ކޮންމެ އަހަރަކު ވެސް ޝަކުވާ ބޮޑުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް