2000 އެއްހާ އަހަރުވެފައިވާ މިގައުމުގެ އަސްލު ފެށުމަށްބަލާއިރު، ދިވެހި ރާއްޖެ އަކީ އިސްލާމީ ގައުމެއްނޫނެވެ. އެއީ ޖާހިލު ކަމާއި އަނދިރީގައި ދިވެހިން އުޅުނު ޒަމާނެވެ.
ނަމަވެސް އެ ދުވަސް ބަދަލުވެގެންދިޔައީ މައުރިބް ކަރައިގެ ގުރުއާން ހިދުދަސް ހާފިޒެއް ރާއްޖެއަށް ކުރި ދަތުރެއްގެ ތެރެއިން ރާއްޖެ އިސްލާމް ކުރެއްވި ހިސާބުންނެވެ. އެކަން ތާރީހުން އެގެން އެބައޮތެވެ.
އެ ނިންމުން ވެގެންދިޔައީ ރާއްޖޭގައި އެވަގުތު ތިބި މީހުންނަށް އިސްލާމީ ހިދާޔަތުގެ އަލިނޫރުން އަލިކަން ލިބިގެން ދިޔަ ކަމަކަށެވެ. އަދި އެ އަލި ނޫރު އެންމެންގެ ހިތަށް ވައްދަވައި މުޅި ރާއްޖެ އިސްލާމްދީން ގަބޫލުލުކުރި ކަމަކަށް ވެގެންދިޔައެވެ. ނަމަވެސް އަތޮޅުތަކަށް ބެހިގެންވާ މި ރާއްޖޭގައި ބައެއް ރަށްރަށުގައި މި ކަން ކުރެއްވީ ވަރަށް އުނދަގުލުންނެވެ.
އެއްފަހަރުން އިސްލާމްކަން ގަބުލުލުނުކޮށް ދިގުލައިގެންދިޔަ ރަށްތައްވެސް އޭރު ހުއްޓެވެ. އެގޮތުން ދީން ގަބޫލު ކުރުމަށްފަހު ދީން ދޫކޮށްލި ރަށްތަކުގެ ތެރޭގައި ގދ. ތިނަދޫ އާއި އެފަދަ ބައެއް ރަށްތައް ހިމެނިގެންދިޔައެވެ. އެރަށްރަށުގައި އުޅުއްވި ފަރާތްތައް ދީން ގަބޫލުކުރިކަމަށް އެގެން އޮތީ އެއްފަހަރުންނުވެގެންގޮސް ދެވަނަފަހަރުގައެވެ.
ނަމަވެސް އެރަށްތައްވެސް ފަހުން އިސްލާމްދީން ގަބޫލުކޮށް ފުރިހަމަ މުސްލިމުންނަށް ބަދަލުވެގެންދިޔައެވެ. އެހާ ހިސާބުން ރާއްޖެ އަކީ ސައްތައިންސައްތަ އިސްލާމި ގައުމަކަށް ވެގެންދިޔައެވެ. އެއީ 1153 ހައިތަން ނަމަވެސް މިހާރު މިއީ 2023އެވެ.
މިހާރު ދިވެހިންދެކެމުންދަނީ އޭރަށް ވުރެ މާބޮޑަށް ދުނިޔެއަށް ހުޅުވިފައިވާ ދުވަސްތަކެވެ. ތަރައްގީއާއި ތައްމަދުންގެ އަލީގައި ދިވެހިންތިބީ އެކަމަށް ހޭނިފައެވެ. ދުނިޔެއަށް ލޯ ހުޅުވިފައެވެ.
ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ބައެކެވެ.
ސައްތައިން ސައްތަ އިސްލާމީ ގައުމެއް އަމަލާއި ބަހާއި ދިމާނުވަނީ ކިއްވެތޯ!
ދިވެހިގައުމުގައި ތިބީ ސައްތައިންސައްތަ މުސްލިމުން ގައުމެއް ނަމަވެސް ދީނުގެ އަދުއްވުން ދަނީ ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް މަސައްކަތް ތަކެއް ކުރަމުންނެވެ. ގައުމު އެދި ގޮވަނީ އަމާން އިސްލާމީ މުޖުތަމަޢު އަކަށެވެ.
ނަމަވެސް މިހާރު އެތަކެއް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލައަކީ ރާއްޖޭގެ ގާނޫނުގެ ތެރެއިން އިސްލާމް ދީން ހިމާޔަތް ކުރެވެނީ ކިހާ ވަރަކަށްތޯ އެވެ.
އާންމު ފަރުދުންގެ އަމަލު ތަކުންވެސް މި ފަހަކަށް އައިސް ފެންނަމުންދަނީ އިސްލާމީ ގައުމަކުން ފެންނާނެ ކަންތަތަކެއް ތޯއެވެ.
ހަގީގަތުގައި މިވާހަކަ ދެއްކުމުގެ މާނައެއްވެސް ނެތްކަހަލައެވެ. ނަމަވެސް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ގިނަކަމާއިއެކު، ދީނާއި ގުޅޭގޮތުން ދީނުގެ އަދާވާތްތެރިން ފަތުރަމުންދާ ޕްރޮޕެގެންޑާ ގެ ސަބަބުން ލިބެމުންދާ ގެއްލެމުން އަރައިގަތުމަށް "ސައްތަސައްތަ އިސްލާމީ ގައުމު"ގެ ނަމުގައި މައިންގެ ދައުރާއި ގުޅޭގޮތުން ބަލާލާނަމެވެ.
ދީން ގެއްލުވާލުމަށް ނިއުޅުވާލުމަށް ބަޔަކު ބޭނުންވިއަސް، ސަބަބުތަކުގައި ހިފައިގެން ބަޔަކު ތިބެއްޖެ ކަމުގައިވާނަމަ، އެއީ އެފަދަ ފަރާތްތަކަށް ވާނެ ކަންތަކެއް ނޫން ކަންވެސް ބެލެނެވެރިންގެ ޒިންމާއިން ފުރިހަމަ ކުރެވޭނެކަންވެސް މި ރިޕޯޓާއި އެކު ބަލާލާނަމަވެ. ގައުމުގެ މިއަދުގެ ހާލަތުގައި ކަން ހިނގާ ގޮތާއި ކަންވާ ގޮވެސް ދަނީ ފެންނަމުންނެއެވެ.
ނަމަވެސް ދީނީ ނަޒަރަކުން ވިސްނާލާއިރު ދިވެހި ރާއްޖެ އޮތީ ވަރަށްވެސް ނާޒުކު ފައްތަރެއްގައެވެ. އިސްލާމީވަހުދަތާއި އިސްލާމީ ކަން ނެތިގޮސްފައެވެ.
ފޭރާމާއި އުޅުމާއި ގުޅުމަށް ވެސް ބަދަލުތައްވަނީ އައިސްފައެވެ. ދީން ދޫކޮށް ފާޅުގައި އަޑުގަދަކުރާ މީހުން ވަނީ ގިނަވެފައެވެ. މިކަމުގައި ބައެއް މީހުން ކުށްވެރިކުރަނީ އެ އިރެއްގައި އޮންނަ ސަރުކާރެވެ. ސަބަބަކީ އެކަންތައް ހުއްޓުވުމަށް މާބޮޑު މަސައްކަތެއްވެސް ނުކުރެވެނީއެވެ. ޔޫރަޕުގެ ފެޝަން ރާއްޖެއަށް މިސްރާބު ޖަހާ އަމިއްލަ ވަންތަ ކަމަށްވުރެ، ހުޅަނގުގެ ދީންތަކުގެ ފެށަނަށް ލޯބި ކުރެވޭތަންވެސް ފެންނަނީއެވެ.
މިއީ ހިތާމަހުރި މަންޒަރުތަކެކެވެ. ނަމަވެސް ހައްލެއްނުލިބި މުޖުތަމައުން ފެނިގެން ދަނީ އެޅުނުހާ ގޮތަކަށް ހެނދުން އަޅައިގެން އުޅޭ މަންޒަރެވެ. މީހުންގެ ހިތް، ލެންބުމަށް އެފަދަ މީހުން އަމަލުކުރާތަނެވެ. ކުރެވުނުހާ ނުބައިކަމެއްގެ ތެރެއަށްވަދެ ފާޅުގައި އެގޭގޮތަށް މަސްތުވަނީއެވެ. ރާ ބޮނީ އެވެ. ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ވަދެވި އެކަންވެސް ކުރަނީ އެވެ. ކޮރަޕްޝަނަކީ ސްމާޓް ކަމެއްގެ ގޮތުގައި ދެކޭ ޒުވާނުން ގިނަވެއްޖެއެވެ. ލާރި ކޮޅެއް ހިފައިގެން ގެއަށް ވަނީ އެކަންވެސް އޯކޭ އޭ ބުނެ ދޫ ކޮށްލެވެނީއެވެ. ގޭ ދޮރާށި ކައިރިންވެެސް ޒިނޭވެސް ކުރަނީ އެވެ. މަގުމަތީގައި ޒިނޭ އާންމުވެއްޖެއެވެ. މިއަށް ބުނަންވީ ހަމައެކަނި ފަހު ޒަމާނުގެ އަލާމާތްތަކޭ ހެއްޔެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ހެއްޔެވެ.
ސައްތައިން ސައްތަ އިސްލާމްދީން ކަށަވަރުވެފައިވާއިރު، މި ގައުމުން މިއީ ފެންނަން ޖެހޭނެ ކަންތައްތަކެއްތޯ އެވެ. މިކަން ހުއްޓުވަން މަސައްކަތް ކުރަނީ ކޮންބައެއްތޯއެވެ. ދެން ފެނިގެން ދަނީ މި ނުބައި ކުށަށް އަރާމީހުންނަށް ވެސް ގާނޫނުން ހިމާޔަތް ލިބިގެންދާ ތަނެވެ.
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް ބޭނުންވަނީ އީމާންތެރި ޖީލެކެވެ. ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމަށް ބޭނުންނަމަ މައިން އެމީހުންގެ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރަންޖެހެއެވެ. ދުނިޔޭގެ ގައުމު ތަކުގެ ތެރޭގައި ހަމައެކަނި ސައްތަސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތީ ސައުދީ އަރަބިޔާއާއި، ދިވެހި ރާއްޖެއެވެ.
މިހެންކަމަށްވާއިރު މިދުވަސް އަޅުގަނޑުމެންގެ އަތުން ބީވެގެން ނުވާނެއެވެ. ނަމަވެސް ދީނުގެ އަދުއްވުން އަބަދުމެދަނީ އަޅުގަނޑުމެންގެ މި ދީނަށް ފާރަލަމުންނެވެ. މީގެ ކުރިގައި ކަންހިނގާގޮތަށް ކަނޑިބަޑިޔާއި ލޮންސި ބޭނުން ކޮށްގެން ހަނގުރާމައިގެ މައިދާނަކަށް މިހާރު ނުނުކުންނާނެއެވެ. މިހާރު ބޭނުންކުރާނީ ފިކުރާއި ކުޅެ މީހާގެ ހިތް ބަދަލު ކުރުމަށެވެ. ކަނޑިބަޑިޔާއި ލޮންސި ބޭނުން ނުކުރިނަމަވެސް އެއަށްވުރެ ނުރައްކާތެރި ކަމެއް ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމް ތަކުގައި ޒަރީއާއިން ދީނުގެ އަދުއްވުން ދަނީ ފަތުރަމުންނެވެ. އެކި ނަންނަމުގައި ހަރަކާތްތައް ހިންގަމުންނެވެ. ކުޅިވަރުތަކާއި އެކި އެކި ގޭމްތަކުގެ ގޮތުގައެވެ.
އެގޮތުން ހަރާމް ކުރެވިފައިވާ އަމަލުތަކާއި ގިންތި ތަކުގެ ތެރޭގައި އާންމު ކޮށް ހިމެނޭ ބައިތަކަށް ބަލާލާނަމެވެ.
- ޝިރުކް
- ކާބޯތަކެއްޗާއި މަސްތުވާތަކެތީގެ ބާވަތްތަ
- ކައިވެންޏާއި އާއިލީ އުސޫލުތައް
- ވިޔަފާރީގެ އަޚްލާޤް
- ފޭރާމާއި ޒީނަތްތެރިކަން
މި ފަސް ކެޓަގެރީގެ އަމަލުތައް ވެސް އެކި ދިމަދިމާލުން ފެންނަން އެބަހުއްޓެވެ. އޭގެތެރޭގައި ހަލާލު ލޭބަލުގައި ރާއްޖެއަށް އެތެރެކުރެވޭ ކާބޯ ތަކެތިންވެސް ހިމެނެއެވެ. އަދި ކައިވެންޏާއި އާއިލީ އުސޫލު ތަކުގެ ތެރެއިންވެސް މިފަދަ މަންޒަރުތައް ފެންނަން އެބަހުއްޓެވެ. ހާއްސަކޮށް ވިޔަފާރިއާއި ފޭރާމާއި ޒީނަތްތެރި ކަމުގެ ތެރެއިންވެސް މި އަމަލު ތަކުރާރުވާތަން ފެންނަނީއެވެ. ހަމަ އެއާއި އެކު ޝިރުކެވެ.
ވިޔަފާރި އަށް ބަލާލާއިރު، ބެންކުން އިންޓްރެސްޓް (ރިބާ) ހިމެނޭ ގޮތަށް ދޫކުރާ ލޯނުތަކަކީވެސް ހަމަ ދީނާއި ހިލާފު އަމަލު ތަކެވެ.
އަދި ކާބޯ ތަކެތި ރާއްޖޭއަށް އެތެރެކުރުމުގައި ހަލާލު ނަމުގައި އެތެރެކުރެވޭ ބައެއް ކާބޯތަކެތީގެ ވެސް މައްސަލަތައް ފެންނަން އެބަހުއްޓެވެ. މަސްތުވާތަކެތި ވެސް އެތެރެއާއި ބޭރުން އެތެރެކުރަނީއެވެ. އަޑީގައި، އިސްލެވެލް ތަކުގެ މީހުން ތިބެގެންނެވެ. އާއިލާ ތެރެއިންވެސް ފެންނަނީ ނޭނދެވޭ އަމަލުތަކެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކީ ދީނާއި ގުޅުންހުރި އާއިލީ މައްސަލަތަކެވެ.
ޝަހުވާނީ އެދުމުން ފޯވެފައިތިބޭ މީހުން އަމިއްލަ ލެއިން އުފަންވާ ދަރިން ގަޔަށް އަރަން ފަހެއް ނުޖެހޭ ހިސާބަށް ރާއްޖޭގައި ކަންތައް ހިގައްޖެއެވެ. ވާނުވާ ޖަހާ ޖަލު ގޮޅީގައި ބޭތިއްބުމަށް ފަހު، ވާނުވާ ނާންގާ އެފަދަ މީހުން ދޫކޮށް ލަނީއެވެ. މިހުރިހާ ކަމެއްދަނީ ބަލަބަލަން ތިއްބާ ދީނުން ބޭރުވަމުންނެވެ.
ޝިރުކުވެސް ކުރަނީއެވެ. މިކަން އެނގެނީ ކާކަށް ތޯއެވެ. އަދުއްވުންގެ އޮޅުވާލުވާލުމާއި، މަކަރުވެރިކަން ހާދަ މޮޅޭ ބުނާ ވަރަށް ދުވަހެއް ދުވަހަކަށް ދަނީ ކުރިއަށް ޖެހެމުންނެވެ. މައިންގެ ލޮލުގައި ކަޅު ފޮތިކޮޅެއް އެޅުވުމަށްފަހު މިހަދާގޮތް ނިކަން ވިސްނާލަ ބަލާށެވެ.
ޕަބްޖީ އާއި ޗެސް ފަދަ ގޭމްތަކަށް ޒުވާނުން އަހުލުވެރި ކުރެވޭގޮތަށް ގޭމްތައްވަނީ ފަރުމާ ކުރެވިފައެވެ. އެއަށްދެވި ހިފުމުގެ ސަބަބުން ވަގުތުތައް އެކަމަށް ހުސްކޮށް ލެވެއެވެ. ކުދިން ބޮޑެތި ޝިރުކުގެ ތެރެއަށް ވަދެވޭގޮތަށް ފަރުމާ ކޮށްފައިވާ ގޭމްތައް ކުޅެން ހުއްދަ ދޭވޭއިރު، މި ވަނީ ކީއްކަމެއް ނޭނގެއެވެ. މިއީ ޖުވާ އަށް ހުޅުވާލެވޭ ދޮރެއްކަމެއްވެސް ނޭނގެއެވެ.
އެގޭ ސަބަބުން ބޮޑުވަމުން އަންނަ ކުދިން ހިތާ ކުޅެލަން އެފަދަ ފަރާތްތައް މަސައްކަތް ކުރެއެވެ.
އެހެންކަމުން އެންމެ ޅަފަތުގައި ކުދިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށް މައިންބަފައިގެ ރޯލު ވަރަށްވެސް ބޮޑެއެވެ. އެންމެ މުހިންމުދައުރެއް މައިން އަދާކުރަންޖެހޭ ވަގުތު އަމިއްލަ އަތުން އެންމެ ސިކުންތެއްވެސް ބީވެއްޖެ ނަމަ އެ ކުދިންގެ މުސްތަގުބަލް އަދާ އަޅިޔަށް ވެގެންދެއެވެ. އެދައުރު ރަނގަޅުގޮތުގައި އަދާނުކުރެވިއްޖެ ނަމަ ދެން ފެނިގެންދާނީ ހިތަށް ކެތްނުވާފަދަ މަންޒަރުތަކާއި އަޑުތަކެވެ.
ދިނާއި ގުޅޭގޮތުން ކުދިންގެ އަހުލާގަށް މި އަންނަނީ ކޮންކަހަލަ ބަދަލެއް!
ބެލެނެވެރިޔާގެ އުނގުން ވީއްލޭހިދު ކުއްޖާ ފޮނުވަނީ މަދުރަސީ ހަޔާތަށެވެ. ބެލެނެވެރިޔާ ކުއްޖާ އެދިމާލަށް ފޮނުވަނީ ވަރަށް ފޮނި އުއްމީދުތަކެއް ކުރުމަށްފަހުގައެވެ. ނަމަވެސް އެ އުއްމިދުތައް ބައެއްފަހަރު ވަޅު ޖެހޭގޮތްވެއެވެ. މީގެ ސަބަބު ތަކުގެ ތެރޭގައި ބޮޑަށް ގަބޫލުކުރެވެނީ ބިދޭސީ ޓީޗަރުންގެ ފުށުން ފެންނަ ނޭނދެވޭ އަމަލްތަކެވެ. އެކި ދީންތަކުގެ ޓީޗަރުން ކިޔަވައިދިނުމުގެ ނަމުގައި ދީނާއި ކުލެލަން ބޭނުންވެއެވެ.
ކުދިންގެ ސިކުޑިޔާއި ކުޅެލަން މަސައްކަތް ކޮށްފައިވާތަންވެސް ފެންނަން އެބަހުއްޓެވެ.
ދިނީ އިލްމުވެރިޔަކު ދެއްވި ދަރުސެއްގެ ތެރެއިން ވިދާޅުވިއެވެ. ބެލެނެވެރިއަކު ތިމަންނާގެ ކައިރިއަށް އައިސް ބުންޏެވެ. ޝޭހްއެވެ. އަޅުގަނޑުގެ ދެ ދަރިން އެބަތިއްބެވެ. ލޯބި ދިނީ އެއްވަރަކަށެވެ. ކުދިންނަށް އަޅާލުމާއި ބެލުމުގެ ހުރިހާކަމެއްވެސް ކުރީ އެއްވަރަކަށެވެ. ނަމަވެސް އެތަނުން އެއްކުއްޖަކު ދީން ގަބޫލު ނުކުރެއެވެ. ދެން ހަދާނީ ކިހިނެތް؟ ހެއްޔެވެ. މިފަދަ ހާދިސާތައްވެސް ރާއްޖޭގައިވަނީ ހިނގާފައެވެ.
މިއީ ބެލެނެވެރިޔާގެ އިހުމާލުބާ އެވެ. ނުވަތަ މުޖުތަމައުގެ ކޮންމެވެސް ދިމާލަކުންފެންނަ ނޭދެވޭ ކަމެއްގެ ސަބަބުން ދިމާވެފައިވާ ކަމެއްތޯއެވެ.
ފިކުރާއި ކުޅެލުމަށް މަސައްކަތްކުރާ އެއްވެސް ފަރާތަކަށް އެ ފުރުސަތު ލިބިދީގެން ނުވާނެއެވެ. ދީނުގެ ނިވަލުގައި ފޮރުވިގެންތިބެ ދިނާއި ކުޅެލުމަށް މަސައްކަތްކުރާ އެއްވެސް މިހަކަށް އެ ފުރުސަތު އޮވެގެންނުވާނެ އެކަން ބެލެނިވެރިން އެމީހުންގެ ދަރިންނަށް އެންގުން މުހިންމެވެ. ކިޔައިދިނުން މުހިންމެވެ.
އަބަދުވެސް ދަރިންނަށް ފާރަވެރިވާށެވެ. އެކުދިން އުޅޭ ނޫޅޭ ގޮތް ބަލާށެވެ. ފޯނާއި ޓްބްލެޓާއި ލެޕްޓޮޕްފަދަ ވަސީލަތްތައް ކުދިންނަށް ފޯރު ކޮށްދިން ނަމަވެސް އެކުދިން ވާހަކަދައްކަނީ ކޮންބަޔަކާއިތޯ ބަލަންޖެހެއެވެ.
ކާބަފައިންގެ ބުރަ މަސައްކަތުން އަދުގެ ޖީލާއި ހަމަޔަށް ގެނެސް ދިން، ދީން މާދަމާގެ ދަރިންނަށް ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެވެ.
އެންމެ މާތްވެގެންވާ އިސްލާމްދީނުގެ، އިސްލާމީ ވަހުދަތާއި، އިސްލާމީ އުއްމަތުގެ ސަލާމަތީ ހިޔަލުގައި އަބަދުމެ ލައްވާށިއެވެ.
އާމީން..............