އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ އިތުރު 50 މެންބަރުންވެސް އެމްޑީޕީއަށް ހޯދައިދީފަ އެވެ. އާމިނަތުގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ރައީސް ސޯލިހް އެވެ.
ސޮއި ކުރެއްވުމަށްފަހު އާމިނަތު ވިދާޅުވީ މަތީ ތައުލީމުގެ ދާއިރާގެ ކުރިއެރުވުމަށް ރައީސް ސޯލިހް ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާކާމަށެވެ. އަދި ރައީސް ސޯލިހް ފިޔަވާ އެހެން ވެރިޔަކު މަތީ ތައުލީމުގެ ދާއިރާއަށް އެވަރުގެ މަސައްކަތެއް ނުކުރައްވާ ކަމަށެވެ.
އާމިނަތު މުހައްމަދު މީގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގަ އެވެ.
ހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި އެޕާޓީގެ ލީޑަރު ވާދަކުރަން ނިންމުމާއި އެކު ޖޭޕީގެ ކައުންސިލުން އިސްތިއުފާ ދެއްވި މެމްބަރުންގެ ތެރޭގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ވެސް ހިމެނެއެވެ.
ޖޭޕީން ވަކިވި ބައެއް ބޭފުޅުން އިއްޔެ އެމްޑީޕީއަށް ސޮއިކުރިއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވި ހިސާބުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވިޖޭޕީގެ ގިނަ އަދަދެއްގެ މެމްބަރުން އެޕާޓީން ވަކިވި އެވެ.
އަދި ބައެއް ބޭފުޅުން ވަނީ ޖޭޕީގައި ދެމި ތިއްބެވި ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރުމަށް ނިންމަވާފައެވެ. އޭގެތެރޭގައި ޓްއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ފާހަގަ ކޮށްލެވެއެވެ.