
މަކުނުދޫ އެއާޕޯޓު ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބިގް ފިޝް އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
246 މިލިއަނަށް މަކުނުދޫ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން ބިގް ފިޝްއަށް
މުހައްމަދު އަތީފް
23 ޖޫން 2023 - 07:53:59
ހދ. މަކުނުދޫ އެއާޕޯޓު ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ބިގް ފިޝް އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަ ޝާފިން އަހުމަދެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
މަކުނުދޫ އެއާޕޯޓު ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުން
- 3،493 މީޓަރުގެ ރިވެޓްމެންޓު ޖެހުން
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ބިގް ފިޝް އާ ހަވާލުކޮށްފައިވަނީ 246 މިލިއަން ރުފިޔާއަށް 366 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް